ބޮލީވުޑްގެ އެންމެ ކާމިޔާބު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "ދޫމް" ފުރަތަމަ ދެ ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ގަދްވީ މަރުވެއްޖެ އެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން ސަންޖޭ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.
އުމުރުން 57 އަހަރުގެ ސަންޖޭ ހާޓްއެޓޭކެއް ޖެހުނީ ހެނދުނު ހިނގާލަށް ނުކުމެ އުޅެނިކޮށެވެ. އޭނާ މަރުވީ މުމްބާއީގެ ކޮކީލާބެން ދިރުބާއި އަންބާނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ.
ސަންޖޭގެ މަރާ ގުޅިގެން ބޮލީވުޑްގެ އެކި މީހުން މިހާރު އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.
"ދޫމް" ގެ ދެ ފިލްމުގެ އިތުރުން އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "މެރޭ ޔާރު ކީ ޝާދީ"، "ކިޑްނެޕް"، "އަޖަބު ގަޒަބް ލަވް" އަދި "އޮޕަރޭޝަން ޕަރިންދޭ" ހިމެނެ އެވެ. ސަންޖޭގެ އަލަތު ޑައިރެކްޝަނަކީ 2001 ގެ "ތޭރޭ ލިޔޭ" އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ރޯދަ މަހުގެ ތަފާތު ސަގާފަތްތައް!
އީރާނުން ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި