ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ޑަންކީ" ރިލީޒް ކުރުމުގެ ކުރިންވެސް އެ ފިލްމަށް ބޮޑު ފައިދާއެއް ލިބިފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ޑަންކީގެ ބަޖެޓަކީ ނިސްބަތުން ކުޑަ ބަޖެޓަކަށް ވުމުން ހަރަދުތައް ކެނޑުމަށްފަހު ފައިދާ ލިބުން އަވަސްވާނެ އެވެ.
އެގޮތުން ޑަންކީގެ ބަޖެޓަކީ އެންމެ 120 ކްރޯޑް ކަމަށާއި މިއީ ފާއިތުވި ހަ އަހަރު ތެރޭގައި ނެރުނު ޝާހްރުކް ޚާންގެ އެންމެ "އަގުހެޔޮ" ފިލްމު ކަމަށްވެ އެވެ.
ފިލްމުގެ ޓްރެއިލާ ނެރެ އެޑްވާންސް ބުކިންއަށް ހުޅުވާލާފައިވާއިރު ޓިކެޓު ވިކެމުން އަންނަ ނިސްބަތުން ރިލީޒް ކުރުމުގެ ކުރިން ވެސް ފިލްމަށް ފައިދާ ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޝާހްރުކް ޚާންގެ އިތުރުން ތާޕްސީ ޕަންނޫއާއި ވިކީ ކައުޝަލް މުހިއްމު ރޯލުތަކުން ފެންނަ "ޑަންކީ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ.
ސްރީދޭވީގެ އިތުރު ދަރިއަކު ޕާކިސްތާނުގައި؟
ކެފެއިން: ހަކުރު ބަލިން ދުރު ކޮށްދޭތަ؟
މެތިއުގެ މަރަށްފަހު މެޓްގެ ދިރިއުޅުމަށް ބޮޑު ބަދަލުތަކެއް އައި!