މި ޒަމާނުގައި ފޯނާ ނުކުޅެ ދުވާލަކު 15 މިނެޓު ހޭދަކޮށްލުމަކީ ވެސް ބޮޑު ކަމެކެވެ.

ނަމަވެސް ސުޕަސްޓާ އާމިރުހާން މިވަނީ އޭނާގެ ފިލްމު "ލާލް ސިންގް ޗައްޑާ" ރިލީޒް ކުރަންދެން ފޯނު ނިއްވާފައި ބޭއްވުމަށް ނިންމާފަ އެވެ.

އާމިރު އޭނާގެ ފޯނު ނިއްވާލާފައި ވަނީ ފޯނުގެ ސަބަބުން މަސައްކަތަށް ބުރޫ އަރާތީ އެވެ.

އާމިރުހާންއަކީ އަބަދުވެސް އޭނާ ކުޅޭ ކެރެކްޓަރުތަކަށް ވަރަށް ބޮޑަށް ތައްޔާރުވާ މީހެކެވެ. އަދި ފިލްމުގެ މަސައްކަތަށް އޭނާގެ ފުރިހަމަ އެއްބާރުލުންދޭ މީހެއް ވެސް މެ އެވެ.

"ލާލް ސިންގް ޗައްޑާ"އަކީ މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމެވެ. އާމިރްގެ އެހެން ފިލްމްތަކޭ އެއްގޮތަށް މި ފިލްމު ވެސް ރިލީޒްކުރާނީ ކްރިސްމަސްއާ ދިމާކޮށެވެ.

މިހާރު ޝޫޓިން ކުރިއަށްދާ މި ފިލްމުގެ މަސައްކަތް ނިމެންދެން އާމިރްއާއި ކޮންޓެކްޓް ކުރެވޭނީ އޭނާގެ ޓީމު މެދުވެރިކޮށެވެ.