ޓްރީ ޓޮޕް ހޮސްޕިޓަލުން ހިދުމަތް ހޯއްދަވާ ބޭފުޅުންނަށް އެމްއާރުއައި ސްކޭން ހެދުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން އެންމެ ފަހުގެ އަޑުމަޑު އާ އެމްއާރުއައި މެޝިނެއްގެ ހިދުމަތް އެ ހޮސްޕިޓަލުން ފަށައިފި އެވެ.

މިގޮތުން އަލަށް ގެނައި އެމްއާރުއައި މެޝިނުން ސްކޭން ކުރަން އޮންނައިރު ހިތްހަމަޖެހޭ ފަދަ އަޑުތައް އަހައި އެމްއާރުއައި ހަދާއިރު ހާސްވުން ކުޑަކޮށްދީ ހިއްފަސޭހަކޮންދިނުމުށް ތަފާތު ރީތި މަންޒަރުވެސް ބަލާލެވޭ ފަދަ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މެޝިނެކެވެ.

މި އާ މެޝިނާއެކު އެމްއާރުއައި ހަދަން ކިޔުގައި މަޑުކުރަން ޖެހޭ ޖެހުން ކުޑަކޮށް ވީހާވެސް އަވަހަށް ހިތްހަމަޖެހޭފަދަ ހިދުމަތެއް ބަލިމީހުންނަށް ފޯރުކޮށްދިނުމަކީ އެންމެ މުހިންމު ބޭނުންކަމުގައި ހޮސްޕިޓަލުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އާދިލް މޫސާ ވިދާޅުވި އެވެ. އާދިލް އިތުރަށް ފާހަގަކުރެއްވިގޮތުގައި އާ އެމްއާރުއައި މެޝިނުގެ އިމޭޖު ކޮލެޓީ ރަނގަޅުވުމުން ޕޭޝަންޓުގެ ކޮންޑިޝަން އާއި ޑޮކްޓަރުން ކުރައްވާ ޑައިގްނޯސްގައި އިތުރު ކޮންފިޑެންސެއް މި އެމްއާރުއައި މެޝިންގެ ސަބަބުން ލިބޭނެ އެވެ.

އާ އެމްއާރުއައި މެޝިނުގެ ސަބަބުން ކާޑިއެކް އިމޭޖިން އެންޑް ނިއުރޮލޮޖީ އިމޭޖިން މަތީ ފެންވަރުގެ އިމެޖިންގެ އެހީގައި ބަލިތަ އަށް މަގުފަހިކޮށްދޭ ހިދުމަތުގެ ފުރުސަތު އިތުރުވެފައިވާއިރު، އެމްއާރުއައި ކާޑިއެކް، އެމްއާރްއައި ޓްރެކްޓޯގްރަފީ، އެމްއާރްއައި ފަންކްޝަނަލް، އެމްއާރްއައި ޕެރިފެރަލް އެންޖިއޯގްރާމް، އެމްއާރްއައި ލިވާ އަޔަން ކޮންޓިފިކޭޝަން، އެމްއާރްއައި ފީޓަލް، އެމްއާރްއައި ޑީފެކޯގްރާމް، އެމްއާރްއައި އޯޓޯގްރާމް، އެމްއާރްއައި ކާޓިލޭޖް މެޕިން އަދި އެމްއާރްއައި ހޯލްބޮޑީ ހިމެނެ އެވެ. ދެވަނަ ކަމަކަށް، ވޯލް ޕްރޮޖެކްޝަންތަކާއި ރީތި އެންބިއަންޓް ތީމްތައް ހުންނަ ޕޭޝަންޓުންނަށް މިފަދަ ކުލަގަދަ އެންބިއަންޓް ވިޝުއަލް އަދި ސައުންޑް އެކްސްޕީރިއެންސްތައް އިތުރުކޮށްދިނުމަކީ ކްލަސްޓްރޯފޯބިއާ މަދުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 8 އިން ރޭގަނޑު 10އަށް ހިދުމަތް ލިބޭނެނެވެ.