ޕީޕީއެމް އިސް މެމްބަރުން ކ. ހުރާ އަށް ވަޑައިގަތުމުން ސަޕޯޓަރުން ނުކުމެ، ކުރީގެ ރައީސް ޔާމިނު އަބްދުލްގައްޔޫމްގެ ނަމުގައި ބަހައްޓަމުންދިޔަ "ގޮނޑިކޮޅު" މަތިން ހަދާން ނުނެތޭކަން ހާމަކޮށް، އެމަނިކުފާނަށް އޮތް ސަޕޯޓް ދައްކާލައިފި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި އެ ޕާޓީގެ އިތުރު މެމްބަރުން ހުރާއަށް ވަޑަގަތުމުން ސަޕޯޓަރުން އަމަލުކުރިގޮތުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ޕީޕީއެމްގެ އިސް ބޭފުޅުން އެރަށަށް ދިޔުމާއެކު ޔާމީނަށް ހާއްސަކޮށް ޕީޕީއެމުން ޖަލްސާތަކުގައި ބަހައްޓަމުން ދިޔަ "ގޮނޑިކޮޅު" ރަމްޒުކޮށްދޭ ގޮނޑިއެއް ކޮނޑަށް ލައިގެން އެކި ޝުއޫރުތައް ފާޅުކޮށްފައެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންތިހާބު ކާމިޔާބުވުމުން ޔާމީންގެ މަތިން ހަނދާން ނެތިއްޖެ ކަމަށް ސަޕޯޓަރުން ބުނަމުންނެވެ.

ޕީޕީއެމްގެ ލީޑާޝިޕުން ޔާމީންގެ ހިޔާލު ނުހޯދައި ނިންމުންތައް ނިންމާތީ އެމަނިިކުފާނު ވަނީ އެ ޕާޓީން ވަކިވެވަަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.

ޔާމީންގެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ފުވައްމުލައް ސިޓީގައި އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އުޅޭ ޓީމް ދަނީ ހަރަކާތްތެރިވަމުންނެވެ.