ޔުވެންޓަސް އަށް ކުޅެމުންދިޔަ ޖަރުމަންގެ ތަޖުރިބާކާރު މިޑްފީލްޑަރު ސެމީ ކެޑީރާ އެ ޓީމު ދޫކޮށް، ޖަރުމަންގެ ހާތާ ބާލިން އަށް ބަދަލުވެއްޖެ އެވެ.
ކުރިން ރެއާލް މެޑްރިޑަށް ވެސް ކުޅުނު ކެޑީރާ ،34، ޔުވެންޓަސްގައި ފަސް އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާއިރު، އެ ޓީމާއެކު އޭނާ ވަނީ ޖެހިޖެހިގެން ފަސް ފަހަރު އިޓާލިއަން ލީގުގެ ތަށި އުފުލާލައިފަ އެވެ.
މި ސީޒަންގައި ކެޑީރާ ޔުވެންޓަސް އަށް މެޗެއް ނުކުޅެ އެވެ. ދެހާސް ނަވާރަ ވަނަ އަހަރުގެ ކުރީކޮޅު ހިތުގެ މައްސަލައަކަށް ފަރުވާ ހޯދި ނަމަވެސް، އޭނާ ވަނީ ފަހުން ކުޅެން ފަށައިފަ އެވެ.
ކެޑީރާ ވަނީ ޖަރުމަންގެ ގައުމީ ޓީމާއެކު 2014 ވަނަ އަހަރުގެ ވޯލްޑަ ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި ރެއާލް މެޑްރިޑާއެކު ވެސް ގިނަ ކާމިޔާބީތަކެއް ހޯދި އެވެ. – ބީބީސީ
ހުރާގައި ގެސްޓްހައުސް ތަރައްގީ ކުރަން 17 ބިމެއް ކުއްޔަށް ދެނީ
މެއި/ޖޫން ގައި އޭލެވެލް ހަދަން ފުރުސަތު ދޭން ނިންމައިފި
"ޑެވިލް ވެއާސް ޕްރާޑާ 2"ގެ ޓްރެއިލާ ނެރެފި