މި އަހަރުގެ މެދުތެރޭގައި ރާއްޖެ އިން ހިމަބިހި ފެނުމާ ގުޅިގެން އިތުރަށް ބަލި ފެތުރުނަ ނުދިނުމަށް މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ގައުމީ ކެމްޕެއިން ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ކަމަށެވެ.
އެ ކެމްޕެއިންގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ދިވެހިންގެ ތެރެއިން މީސްލްސްގެ ދެ ޑޯޒު ފުރިހަމަނުކޮށް ތިބި 18 މަހާއި 49 އަހާރާއި ދެމެދުގެ މީހުންނަށާއި ބިދޭސީންގެ ތެރެއިން ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ މީހުންނަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކެމްޕޭންގައި މާލޭގެ ވެކްސިން ސެންޓަރުގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ވެސް ވެކްސިން ދޭނެކަމަށް އެޗްޕީއޭއިން ބުނެ އެވެ.
މާލެ ސަރަހައްދުން ވެކްސިން ދޭ ތަންތަނާއި ގަޑިތައް:
1- ދަމަނަވެށި - ކޮންމެ އަންގާރަ އަދި ބުދަ ދުވަހެއްގެ ހެނދުނު 8:30 އިން 10:00 އަށް2- އޭޑީކޭ - ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 15:00 އިން 16:00 އަށް3- ހުޅުމާލެ ހޮސްޕިޓަލް - އާދިއްތަ، ހޯމަ، އަންގާރަ ދުވަހުގެ ހެނދުނު 09:00 އިން 11:00 އަށް، ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގެ 13:00 އިން 15:00 އަށް.4- ޖީޕީ ކްލިނިކް (ހުޅުމާލެ ފޭސް ދޭއް) - އާދިއްތަ، ބުދަ ދުވަހެއްގެ 9:30 އިން 11:30 އަށް، ކޮންމެ ހޮނިހިރު ދުވަހެއްގެ 13:00 އިން 15:00 އަށް.
ރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅީ 2017 ގަ އެވެ.
ޥަރަށް މުހިންމު ކަމެއް