ބޮލީވުޑްގެ އެކްޓަރު އަދި ޕްރޮޑިއުސަރު އަރްބާޒް ޚާން އޭނާގެ ދެވަނަ ކައިވެނި ކުރަން ތައްޔާރު ވެއްޖެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އަރްބާޒް ކައިވެނި ކުރަން ހަމަޖެހިފައިވަނީ މޭކަޕް އާޓިސްޓް ޝުރާ ޚާންއާ މިހިނގާ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.
އަރުބާޒްއާއި ޝުރާ ބައްދަލުވެފައިވަނީ އަރްބާޒް ޕްރޮޑިއުސްކުރި ފިލްމެއް ކަމަށްވާ "ޕަތުނާ ޝުކްލާ"ގެ ސެޓުންނެވެ. އެ ފިލްމުގައި ޝުރާއަކީ މޭކަޕް އާޓިސްޓެކެވެ.
އެ ދެމީހުން ރައްޓެހިވެގެން އުޅޭ ކަމަށް މީޑިއާތަކުގައި ހަބަރު ފެތުރޭތާ ދުވަސްތަކެއް ވެފައިވާއިރު ކައިވެންޏާ ހަމައަށް އައިސްފައި މިވަނީ އެކުގައި ނުވަ މަސް ދުވަހު އުޅުމަށްފަހު ކަމަށްވެ އެވެ.
އަަރްބާޒް މީގެ ކުރިން ކައިވެނި ކޮށްގެން އުޅުނީ އެކްޓްރެސް މަލައިކާ އަރޯރާއާ އެވެ. 1998 ވަނަ އަހަރު ކުރެވުނު އެ ކައިވެނި ރޫޅުނީ 2017 ވަނަ އަހަރު އެވެ.