ބޮލީވުޑްގެ ތަރިންނަކީ އާއްމުކޮށް އެކި ސަރަހައްދުތަކުން އައިސްފައިވާ އެކި ސަގާފަތްތަކުގެ ތަރިންނެވެ. އެ ތަރިންނަށް ލިބިފައިވާ ތައުލީމާއި ތަރުބިއްޔަތު ވެސް ވަރަށް ތަފާތުވާނެ އެވެ. މި ލިޔުމުގައި މި ބަލާލަނީ ބޮލީވުޑުގެ ބައެއް މަޝްހޫރު ތަރިންގެ ތައުލީމީ ފެންވަރަށެވެ.

1. ޕްރިތީ ޒިންތާ

ޕްރިތީއަކީ އޭނާގެ ކެރިއަރުގައި ކުޅެފައިވާ ތަފާތު ރޯލުތަކަށް މަޝްހޫރު ފަންނާނެކެވެ. އޭނާއަކީ ސެއިންޓް ބީޑްސް ކޮލެޖް އޮފް ޝިމްލާއިން ބެޗެލާސް އޮފް އިންގްލިޝް ވިތު ހޮނާސް ހާސިލް ކޮށްގެން ހުރި ތަރިއެކެވެ. ހަމައެއާއެކު ކްރިމިނަލް ސައިކޮލޮޖީއިން މާސްޓާސް ވެސް އޭނާ ހަދާފައިވެ އެވެ.

2. އަމީތާބު ބައްޗަން

ދިވެހިންގެ މެދުގައި ވެސް މަގުބޫލު އަމީތާބު ބައްޗަންއަކީ މޮޅު އެކްޓަރެއްގެ އިތުރުން ތައުލީމީ މީހެއްވެސްމެ އެވެ. ސައިންސް އެންޑް އާޓްސްގެ ދާއިރާއިން މޭޖާ ހަދާފައިވާއިރު އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވީސިޓީ އޮނޮރަރީ ޑޮކްޓަރޭޓްއެއް ވެސް އަމީތާބު ހާސިލް ކޮށްފައިވެ އެވެ.

3. އައިޝްވާރްޔާ ބައްޗަން

އަމީތާބުގެ ދަނބިދަރި އަދި އިންޑިއާގެ ރީތީގެ ރާނީ އައިޝްވާރްޔާ ރާއީއަކީ ވެސް ތައުލީމީ ހަޔާތުގައި ކާމިޔާބީތަކެއް ހޯދާފައިވާ ތަރި އެކެވެ. އެގޮތުން ހިސްޓްރީއިން ޑިގްރީ ހަދާފައިވާއިރު އާކިޓެކްޗާއާއި ޒޫލޮޖީގެ ދާއިރާއިން ވެސް އޭނާ މަތީ ތައުލީމު ހާސިލްކުރި އެވެ.

4. އަޔުޝްމާން ޚުރާނާ

އިންޑިއާގެ ޓެލެވިޒަން ދާއިރާގައި އުޅުމަށްފަހު މިހާރު ބޮލީވުޑްގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ އަޔުޝްމާން ޚުރާނާއަކީ އިންގްލިޝް ލިޓްރެޗާގެ ދާއިރާއިން ޑިގްރީ ހަދައި އަދި މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލްކޮށްގެން ހުރި ފަންނާނެކެވެ.

5. ކަރީނާ ކަޕޫރު

ކަރީނާ ކަޕޫރަކީ އެއްވެސް ތައާރަފަކަށް ބޭނުންނުވާ މަޝްހޫރު ފަންނާނެކެވެ. އޭނާ ވަނީ ހާވަޑް ޔުނިވީސިޓީއިން މައިކްރޯ ކޮމްޕިއުޓިންގެ ކޯހެއް ހަދާފަ އެވެ. ގާނޫނީ ދާއިރާއިން ކުރިއަށް ދާން ބޭނުންވި ކަރީނާއަށް އެކަން ހާސިލްނުވެ އެކްޓިން ކެރިއަރު ފެށީ އެވެ.