އިއްޔެ ފެށުނު އާ އަހަރު ފާހަގަ ކުރުމަށްޓަކައި ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ އިންޑިއާއިން ބޭރަށް ގޮސް އާ އަހަރުގެ ތަފާތު ތަޖުރިބާތަކެއް ކޮށްފަ އެވެ.
ކަރީނާ ކަޕޫރު - ސައިފް އަލީ ޚާން
ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާން އެ ދެމީހުންގެ އާއިލާއާއެކު ގޮސްފައިވަނީ ސްވިޓްޒަލޭންޑް އަށެވެ. އެ އާއިލާ އާ އަހަރު ފާހަގަކުރަން ނެގި ފޮޓޯތައް މިހާރު ދަނީ އިންޓަނެޓުގައި ދައުރު ވަމުންނެވެ.
ޝާހިދު ކަޕޫރު - މީރާ ރާޖްޕުތު
ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ ރާޖްޕުތު އަދި އެ ދެމީހުންގެ ދަރިން އާ އަހަރު ފާހަގަކުރީ މުޅިން ތަފާތު ގައުމެއްގަ އެވެ. އެ އާއިލާ ދިޔައީ ބޫޓާނަށެވެ.
ވިރާޓް ކޯލީ - އަނުޝްކާ ޝަރްމާ
ބޮލީވުޑް އެކްޓްރެސް އަނުޝްކާ ޝަރްމާއާއި ކްރިކެޓު ކުޅުންތެރިޔާ ވިރާޓް ކޯލީ އާ އަހަރު ފާހަގަކުރީ ދެކުނު އެފްރިކާގައި ކަމަށް ހަބަރުތައް ބުނެ އެވެ. އެ ޗުއްޓީގެ ބައެއް ފޮޓޯތައް ވެސް މިހާރު ވަނީ އާއްމުވެފަ އެވެ.
ސޮނާކްޝީ ސިންހާ
ސޮނާކްޝީ ސިންހާ އޭނާގެ އާ އަހަރުގެ ޗުއްޓީ ހޭދަކުރީ މިސްރުގަ އެވެ. އެ ގައުމުގެ މަޝްހޫރު އަހުރާމުތައް ކައިރީގައި ނަގާފައިވާ ފޮޓޯތައް އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވެ އެވެ.
ސަންޖޭ ދަތު
ސަންޖޭ ދަތުއާއި އޭނާގެ އާއިލާ މިފަހަރު އާ އަހަރު ފާހަގަ ކުރަން ދިޔައީ ދުނިޔޭގެ މަޝްހޫރު މަންޒިލެއް ކަމަށްވާ ދުބާއީ އަށެވެ. ސަންޖޭގެ އަންހެނުންނާއި ދަރިފުޅު އެ އާއިލާގެ ޗުއްޓީގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އާއްމު ކޮށްފައިވެ އެވެ.