ބޮލީވުޑްގެ ތަރި އާމިރު ޚާންގެ އަންހެން ދަރިފުޅު އިރާ ޚާންއާއި އޭނާގެ ލޯބިވެރިޔާ ނުޕުރް ޝިކާރޭގެ އާދައިގެ ކައިވެންޏަށް ގިނަ ބަޔަކު ތައުރީފް ކުރަމުން އެބަދެ އެވެ.
ނިސްބަތުން އާދައިގެ ހަފްލާއެއްގައި އެ ދެމީހުން ކައިވެނި ކޮށްފައިވާއިރު އެހެން ތަރިންނާ ޚިލާފަށް ކައިވެންޏަށްޓަކައި މާ ބޮޑު ހަރަދުތަކެއް ކޮށްފައިނުވާކަން ފާހަގަ ކުރެވެ އެވެ.
އެގޮތުން އިރާ އާދައިގެ ޖަރީ ނޫން ލެހެންގާއެއް ލައިގެން ހުރިއިރު ދެ މީހުން ވެސް އުޅުނީ އެންމެ އާދައިގެ ފައިވާނެއްގަ އެވެ. އިރާގެ އަތުކުރީގައި ތަނޑިބައެއްގެ ބަދަލުގައި އޮތީ އަތުކުރީ ގަޑިއެކެވެ.
ހަމައެއާއެކު ކައިވެނީގެ ހަފްލާގައި މާ ގިނަ ކެއުމުގެ ބާވަތްތަކެއް ނެތް ކަމަށާއި ހުރީ ވަރަށް އާދައިގެ ދެތިން ވައްތަރެއް ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
އާއްމުކޮށް ބޮލީވުޑްގެ ކައިވެނިތަކަކީ ބޭކާރު ގިނަ ހަރަދުތަކެއް ކޮށްގެން ކުލަގަދަ ކޮށް ކުރާ ކައިވެނިތަކެކެވެ. ފިލްމީ ތަރިންގެ ދަރިން ވެސް ހަަމަ އެފަދައިންނެވެ.
އިރާގެ ކައިވެންޏަށް އާމިރާއި އޭނާގެ ކުރީގެ އަންހެނުން އަދި އިރާގެ މަންމަ ކިރަން ރާއޯގެ ގެވެސް ފުދޭވަަރަކަށް ޒީނަތްތެރި ކުރެވިފައި އޮތެވެ.
އިރާއާއި ނުޕުރްއަކީ 2024 ވަނަ އަހަރު ބޮލީވުޑްގައި ކުރެވުނު ފުރަތަމަ ކައިވެންޏެވެ. އެއާއެކު ދެން އޮތީ އަންނަ މަހު ހަތަރެއްގައި ފިލްމީ ތަރި ރަކުލްއާއި ލޯބިވެރިޔާ ޖެކީގެ ކައިވެންޏެވެ.