ށ. މިލަންދޫން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރު ކުރި ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ދެ މީހުން މިރޭ ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ މިލަންދޫން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ މިރޭ 22:23 ގައި ކަމަށެވެ.
ށ. ފޯކައިދޫ ކައިރިން ބަންޑުން ޖަހާލި ޑިންގީން ކަނޑުވި ދެ މީހުން ވެސް ފެނިފައިވާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި މީހުން ނަގާފައި ވަނީ އެ ސަރަހައްދުން ދަތުރު ކުރި ކަންނެލި ދޯންޏަކުން ކަމުގެ މައުލޫމާތު މިރޭ 00:21 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ ލިބިފަ އެވެ.
ޕީއެންސީގެ އިންތިހާބު: މާރާމާރީއާ ގުޅިގެން ދެ މީހަކު ހަޔަރުކޮށްފި
މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް 7 ދަރިވަރަކަށް