މާޗް 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރުމަށް ޕީޕީއެމް/ޕީއެންސީ ޓިކެޓް 13 ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ކަށަވަރުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ، 13 ބޭފުޅަކަށް ޓިކެޓް ކަށަވަރުވީ އެ ދާއިރާތަކަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީކަމަށެވެ. ޓިކެޓު ކަށަވަރުވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެސް ތިއްބެވި ބައެއް މެންބަރުންވެސް ހިމެނިވަޑައިގަންވަ އެވެ. އަދި ސިޓީ ކައުންސިލާއި ސަރުކާރުގެ ބައެއް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޕްރައިމަރީއަކާ ނުލައި ޓިކެޓު ކަށަވަރުވި ބޭފުޅުން:

  • ހޯރަފުށީ ދާއިރާ: އަލީ މޫސާ، ހުޅުމާލެ ފްލެޓް
  • ބާރަށު ދާއިރާ: އިބްރާހިމް ޝުޖާއު، މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މިހާރުގެ މެންބަރު
  • ހަނިމާދޫ ދާއިރާ: އިދުރީސް އަބްދުﷲ، އިރުދޯދި، ހދ. ހަނިމާދޫ
  • އޭދަފުށި ދާއިރާ: އަހުމަދު ސަލީމް، އޭދަފުށީ ދާއިރާގެ މިހާރުގެ މެންބަރު
  • މަހިބަދޫ ދާއިރާ: އަހުމަދު ތޯރިގު، މަހިބަދޫ ދާއިރާގެ މިހާރުގެ މެންބަރު
  • ނިލަންދޫ ދާއިރާ: ފާތިމަތު ސައުދާ، ފިގް/ މާލެ
  • ތިމަރަފުށީ ދާއިރާ: އަހުމަދު ސަނާހު، ނިޝާން، ތ. ތިމަރަފުށި
  • ފޮނަދޫ ދާއިރާ: އަބްދުއްރަޙީމް އަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސްޕެޝަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް
  • ހިތަދޫ މެދު ދާއިރާ: އަހުމަދު އަޒާން މަރުޒޫގް، ހެޕީ ހާޓް، ސ. ހިތަދޫ
  • ހުޅުދޫ ދާއިރާ: މުޙައްމަދު ޝާހިދު، މޭވާގަސްދޮށުގެ، ސ. ހުޅުދޫ
  • ގަލޮޅު ދެކުނު ދާއިރާ: އިބްރާހީމް މުހައްމަދު، ގ. ގްރީންބީންސް
  • ހެންވޭރު ހުޅަނގު ދާއިރާ: އަލީ އިބްރާހީމް، ހ. މަދޮށިމާގެ
  • ހުޅުމާލެ މެދު ދާއިރާ: އަބްދުﷲ ޝަޒީމް، ހުޅުމާލެ ފްލެޓް

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މި ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅި އެންމެނަށް ވާދަކުރެވޭ ގޮތަށް އެ ޕާޓީގެ ރައީސް އަދި ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.