ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޕޮލިސް ބޯޑު އުފެއްދުމަށްޓަކައި ޢާއްމުންގެ ތެރެއިން ޕޮލިސް ބޯޑަށް ކަނޑައަޅާ ދެ މެމްބަރުން ހޮވަން މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ޕޮލިސް ބޯޑަށް އައްޔަންކުރާ މެންބަރުންނަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާކުރާ ބަޔަކުކަމަށް ވެގެން ނުވާނެ އެވެ. އަދި ޕޮލިސް ބޯޑަށް އައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ ހަތަރު އަހަރު ދުވަހެވެ.

އާންމު ރައްޔިތުންގެ ތެރެއިން ޕޮލިސް ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ދެ މެންބަރުންގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އެ ފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އެފަރާތުގެ ވަނަވަރާއި ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި، ލިބިފައިވާ މަސައްކަތު ތަޖުރިބާގެ މަޢުލޫމާތު އަދި އެފަރާތުން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ކުށުގެ ރެކޯޑު ފޯމާއެކު، 22 ފެބުރުވަރީ 2021 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ފަރާތުން ފުލުހުންގެ ބޯޑަށް ހޮވާ ދެ މެންބަރުންނަކީ ބަޣާވާތުގައި ބައިވެރިވި ފުލުހުންނަށް ފަޔަވަޅުއެޅުމަށް އެ ބޯޑަށް ވަޑައިގަންނަވާ ދެ ބޭފުޅުން ކަމަށެވެ. އަދި ފުލުހުންގެ ބޯޑުގައި މަޖިލިހުގެ މެންބަރުންނަށް ޚާއްޞަކޮށްފައިވާ ދެ ޖާގައަށް ކުރިމަތިލުމުގެ ފުރުޞަތު ފުލުހުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުޅުވައިލުން ދިމާވަނީ ޖަޒުބާތުގައި ޖެހިވަޑައިގެން ކަމުގައި ވިދާޅުވެ ފުލުހުންގެ ބަޔަކު ނުކުމެ ގިނަ ޢަދަދެއްގެ ރައްޔިތުންނަށް އަނިޔާކުރި ދުވަހާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ ދުވަހު އަނިޔާ ލިބުނު ގިނަ ބޭފުޅުން މިހާރު ތިއްބެވީ ދައުލަތުގެ މަތީ މަޤާމްތަކުގައި ވުޒާރާތައް ހިންގެވުމަށާއި ރައްޔިތުންގެ މަޖިލީހުގައި ކަމަށާއި، އަދި މަޖިލިހުގެ އަޣުލަބިއްޔަތު ރައްޔިތުން ރީނދޫ ކުލައިން އުފެއްދީ ފުލުހުންގެ މުއައްސަސާ އިސްލާހުކުރުމަށް ކަމަށެވެ.