ކޮންމެ މީހަކުވެސް ކަމެއް ފަށާއިރު ބަލަން ތިބި އެންމެންގެ ފަރާތުން އެކި ކަހަލަ ނަސޭހަތްތައް ލިބެ އެވެ. އެގޮތުން ބޮލީވުޑްގެ އެކްޓްރެސް ވިދްޔާ ބާލަން ވެސް އެ ދާއިރާއަށް ވަތްއިރު ގިނަ ބައެއްގެ އެކި ކަހަލަ ނަސޭހަތް ލިބުނު ކަމަށް އޭނާ ބުނެފައިވެ އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިދްޔާ ވަނީ އޭނާގެ ފިލްމީ ކެރިއަރުގެ ފެށުމުގެ ދުވަސްތަކުގައި ކުރި ތަޖުރިބާ އާންމުންނާއި ހިއްސާކޮށްފަ އެވެ.
ވިދްޔާ އަކީ ދެކުނު އިންޑިއާއަށް އުފަން އާދައިގެ އަންހެން ކުއްޖެއްކަމަށް އޭނާ ފާހަގަކޮށްފައިވާއިރު، ކެރިއަރުގައި ކުރި ހޯދުމަށްޓަކައި އޭނާގެ ބަރުލަން ލުއި ކުރަން ޖެހޭނެކަމަށް ފިލްމު ޕްރޮޑަކްޝަންގައި އޭރު މަސައްކަތް ކުރަން ތިބި މީހުން ލަފާދިންކަމަށް އޭނާ ބުނެފައިވެ އެވެ.
އެގޮތުން ވިދްޔާ، އޭނާގެ ހުވަފެން ކާމިޔާބު ކުރުމަށް ބަރުދަން ލުއި ކުރުމުން، 'ބަރުދަން މާ ބޮޑަށް ލުއިވީ' ކަމަށް ބުނެފައިވާކަމަށް ވިދްޔާ ބުންޏެވެ. އަދި އޭގެ ސަބަބުން އޭނާގެ ނޭފަތް މާ ބޮޑަށް ހިމަވެފައި ދިގުހެން ހީވާކަމަށް ބުނިކަމަށާއި، ނޭފަތުގެ ސާޖަރީއެއް ހަދަން އެއްބަސްކުރުވަން އުޅުނުކަމަށްވެސް ވިދްޔާ ބުނެފައިވެ އެވެ.
ނަމަވެސް ވިދްޔާ ވަނީ އެކަމަށް އޭނާ ސާފު އިބާރާތުން އިންކާރު ކުރިކަމަށް ބުނެފަ އެވެ. އަދި އޭނާއަށް ލިބިފައިވާ ރީތިކަމަކީ އުފެދުމުގައި ދެއްވި ނިއުމަތެއް ކަމަށާއި، އެނޫން އިތުރު ގޮތެއް ހަދައި ސިފަ ބަދަލު ކުރަން ބޭނުން ނުވާކަމަށް ވިދްޔާ ބުނެފައިވެ އެވެ.
ވިދްޔާ އަކީ އޭނާގެ ރީތިކަމަށްޓަކައި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ތަރިއެކެވެ. ހަމައެހެންމެ ވިދްޔާ ވަނީ ކާމިޔާބު ފިލްމުތަކެއް އާންމުންނާއި ހަމައަށް ގެނެސްދީފަ އެވެ. އެގޮތުން ވިދްޔާގެ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑަށް އާންމުންނަށް ކަމުގޮސްފައިވަނީ އޭނާ ކުޅުނު "ޑާޓީ ޕިކްޗާ" އެވެ.