އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ ދެ ފުރުސަތު ލިބޭ ލަކީ ޑްރޯއެއް މިއަދު އިއުލާނުކޮށްފި އެވެ.

ދޯހާ މެރެތަން އޮންނާނީ 16 ފެބުރުއަރީގައި ގަތަރުގައެވެ. މިލަކީ ޑްރޯގައި ބައިވެރިވުމަށްޓަކައި އުރީދޫ ވެބްސައިޓު މެދުވެރިކޮށް 4 ފެބުރުއަރީއިން ފެށިގެން 10 ފެބުރުއަރީއާ ހަމައަށް ބައިވެރިވެވޭނެ އެވެ. އަދި ނަސީބުވެރި 21 ފަރާތް 11 ފެބުރުއަރީގައި އިއުލާނު ކުރާނެ އެވެ.

ލަކީ ޑްޜޯގައި ބައިވެރިވުމުގެ ޝަރުތުތައް:

- އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން 1 އެއްއަހަރު ދުވަހުހުރުން، ލަސްވެގެން 1 ފެބުރުއަރީ 2023އިން ފެށިގެން

- ދޯހާ މެރެތަންގައި ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވުމުގެ ގާބިލްކަން ހުރުން (ސިއްހީ ގޮތުން)، މީގެ ކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވުން.

- ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން

- 10 ފެބުރުއަރީ 2024ގެ 00.00ގެ ކުރިން ލަކީ ޑްރޯގައި ބައިވެރިވުން