އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް ވަރުގަދަކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވި ނަމަވެސް، އެ ގައުމުގެ އަސްކަރީ އިސްވެރިން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އެމެރިކާގެ ޖެނެރަލުން ފާހަގަކުރައްވާ ގޮތުގައި އީރާނާއެކު ދިގުލައިގެންދާ ބޮޑު ހަނގުރާމައެއް ކުރުމަކީ މިވަގުތު އެމެރިކާއަށް އުފުލޭނެ ބުރައެއް ނޫނެވެ.
އުރްދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން ހަމަލާއާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، އީރާނަށް ވަރުގަދަ ރައްދެއް ދެއްވާނެ ކަމަށެވެ. މި ނުތަނަވަސްކަމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 2.5 އިންސައްތަ މައްޗަށް ގޮސްފަ އެވެ.
ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާގެ އެކި އިސްވެރިން ވަނީ، މެދުއިރުމަތީގައި ދިގު މުއްދަތަކަށް ސިފައިން ބޭތިއްބުމާއި ހަނގުރާމަ ފުޅާކުރުމަކީ ދުނިޔޭގެ އެހެން ސަރަހައްދުތަކުން ކުރިމަތިވެދާނެ ނުރައްކާތަކަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ބުނެ ސަރުކާރަށް އިންޒާރު ދީފަ އެވެ.
ހާއްސަކޮށް ޔޫރަޕާއި އޭޝިއާގެ މަސްރަހު މިހާރު އޮތް ގޮތުން، އެމެރިކާގެ އަސްކަރީ ވަސީލަތްތައް މެދުއިރުމައްޗަށް އެކަނި ހުސްކޮށްލުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
މިހާރު ވެސް އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ޒަމާނީ މިސައިލްތަކާއި ދިފާއީ ނިޒާމުތައް ވަނީ މަދުވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، ޔޫކްރޭން ހަނގުރާމައިގައި ބޭނުންކުރާ ފަދަ މުހިންމު ހަތިޔާރުތަކުގެ ރިޒާވް ވަނީ ހުސްވާން ކައިރިވެފަ އެވެ. އެހެންކަމުން، ޓްރަމްޕްގެ ހަރުކަށި ބަސްމަގާ ހިލާފަށް، އެމެރިކާގެ އަސްކަރީ ގާބިލުކަން މިވަގުތު ހުރީ އިތުރު ހަނގުރާމައަކަށް ތައްޔާރީ ހާލަތެއްގައި ނޫން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ޝަރުތަކާއެކު "ބިގް ބޮސް 9"ގައި ނޯރާ ބައިވެރިވި ސަބަބު!
ޕްރައިމަރީގެ މަޝްވަރާއަށް ސޯލިހާއި ފައިސަލް ބައްދަލުކުރައްވައިފި
ރަންވީރާއި ދީޕިކާއަށް މިފަހަރު ވެސް ލިބުނީ އަންހެން ކުއްޖެއް!
