ހުޅުމާލެ 2 ގައި ހުންނަ ސްޓެލްކޯގެ ފްލެޓަކުން މިއަދު މެންދުރު ދެ އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ އެވެ.

އެ ހާދިސާގައި މަރުވީ ދެ އަހަރު ކުއްޖަކު ކަމަށް ވެ އެވެ. އަދި އެ ކުއްޖާ ވެއްޓުނީ ސްޓެލްކޯ 12 ވަނަ ފްލޯގެ އެޕާޓްމަންޓަކުން ކަމަށްވެ އެވެ.

މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް ސާފުވާ ގޮތެއް ނުވެ އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އިމާރާތަކުން ވެއްޓިގެން އެ ހޮސްޕިޓަލަށް ގެންދިޔަ އެ އަންހެން ކުއްޖާ އޮތީ ގެންދިޔައިރު ވެސް މަރުވެފައި ކަމަށެވެ.

އެ ކުއްޖާ ވެއްޓި ޖެހުނު ތަނުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.