ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.

ތާވަލްގެ އެއްވަނައިގައ އޮތް އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގެ 13 ވަނަ މިނިޓުގައި ލީޑު ނެގީ ސެލްޓާ އިންނެވެ. މިނާ ލޮރެންޒޯ ޖެހި ލަނޑާއެކު ސެލްޓާ އިން ލީޑު ނެގި ނަމަވެސް، އެތުލެޓިކޯގެ ފޯވަޑް ލުއިސް ސުައަރޭޒް ވަނީ ދެ ލަނޑު ޖަހައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. ބާސެލޯނާ އިން އެތުލެޓިކޯ އަށް މި ސީޒަންގައި ބަދަލުވި ސުއަރޭޒް ވަނީ ލީގުގައި މިހާތަނަށް 16 ލަނޑު ޖަހައިފަ އެވެ.

އެހެން ނަމަވެސް، މެޗުގެ 89 ވަނަ މިނިޓުގައި ސެލްޓާގެ ފަކުންޑޯ ފެރޭރާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ތާވަލްގެ އެއްވަނައިގައި އެތުލެޓިކޯ އޮތީ 51 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ބާސެލޯނާ އާޢި އެތުލެޓިކޯއާ ދެމެދު އަށް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ބާސެލޯނާ ވަނީ އެތުލެޓިކޯ އަށްވުރެ އިތުރަށް އެއް މެޗު ކުޅެފަ އެވެ.