މީޑިއާނެޓު ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތި މުނިފޫހިފިލުވުން ޔަގީންކުރުމުގެ މަގްސަދުގައި 2022 ވަނަ އަހަރު ތައާރަފްކުރި "އޮޓޯ ރިނިއުވަލް" ހިދުމަތަކީ އެތައް ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބިގެން ދިޔަ ހިދުމަތެކެވެ. މީޑިއާނެޓުގެ ސަބްސްކްރިޕްޝަނެއް ނަގައިގެން 30 ދުވަހުގެ މުއްދަތަކަށް ޗެނަލްތަކާއި އޭގެން ދައްކާ ޕްރޮގްރާމްތައް ޓީވީ އަދި އެމްއެސް ޑިޖިޓަލް މެދުވެރިކޮށް ފޯނުންވެސް ބަލާލެވެ އެވެ. ނަމަވެސް އެހެން ހިދުމަތްތަކެކޭ އެއްފަދައިން އާންމު ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރޭގައި ހިދުމަތް މެދުކެނޑުމުގެ ކުރިން ކުރިއަށް އޮތް މަހަށް ފައިސާ ދައްކަން ހަނދާންނެތޭ ތަން އަންނަނީ މަދުފަހަރަކު ނޫނެވެ. ނަތީޖާއަކަށްވަނީ ފުޓުބޯޅަ މެޗެއްގެ ފޯރިގަދަ ވަގުތު ނުވަތަ ޑްރާމާ/ފިލްމެއްގެ އެންމެ ޝައުގުވެރި ވަގުތު ހިދުމަތް މެދުކެނޑުމެވެ. އޮޓޯ ރިނިއުވަލް ޚިދުމަތަކީ މިކަމަށް ލިބިގެންދާ ވަރަށް ފުރިހަމަ ހައްލެކެވެ.
އޮޓޯ ރިނިއުވަލް ހިދުމަތަށް ހާއްސަކޮށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 05 ފެބްރުއަރީ 2024 އިން 30 އޭޕްރިލް 2024 ގެ ނިޔަލަށެވެ. މި މުއްދަތުގައި އޮޓޯ ރިނިއުވަލް ޚިދުމަތަށް ރަޖިސްޓަރ ކޮށްލައިގެން ގުރުއަތުން ހޮވޭ 03 ފަރާތަކަށް ޙާއްސަ އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި:
- ފުރަތަމަ އިނާމް: 1 އަހަރުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)
- ދެވަނަ އިނާމް: 6 މަސްދުވަހުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)
- ތިންވަނަ އިނާމް: 3 މަސްދުވަހުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)
މީޑިއާނެޓު އޮޓީ ރިނިއުވަލް ޚިދުމަތަށް ރަޖިސްޓަރ ކުރުން ވަރަށް ފަސޭހައެވެ.
- މީޑިއާނެޓުގެ ކުއިކްޕޭ ޕޯރޓަލް https://my.medianet.mv އަށް ޒިޔާރަތްކޮށް އެފަރާތެއްގެ މީޑިއާނެޓު އެކައުންޓާއި ބެހޭ މައުލޫމާތު ޖައްސަވާ
- މިވަގުތު ސަބްސްކްރައިބް ކޮށްފައިވާ ޕެކޭޖާއެކު ކުރިއަށް ދިއުމަށް ނުވަތަ އައު ޕެކޭޖަކާއެކު ކުރިއަށް ދިއުމަށް އިޚްތިޔާރުކުރައްވާ
- “Save my card and auto renew my subscription” އަދި “I have read and agree with Medianet terms of use” ގައި ހެޔޮފާހަގަ ޖައްސަވާ
- އީ މެއިލް އެޑްރެސް ޖެއްސުމަށްފަހު އީމެއިލްގެ ޒަރިއްޔާއިން ލިބިލައްވާ އޯޓީޕީ ޖައްސަވާ
- ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭ އިން ފައިސާ ދައްކަވާ
މިހާ ހިސާބުން ދެން ހާސްވާކަށް ނުޖެހެއެވެ. 30 ދުވަހުގެ ސަބްސްކްރިޕްޝަން ހަމަވުމާއެކު އޮޓޯއިން ސަބްސްކްރިޕްޝަން ޖެހިގެން އަންނަ 30 ދުވަހަށް އައު ވެގެންދާނެ އެވެ.
މީޑިއާނެޓުން އަންނަނީ އަބަދުވެސް އެ ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ. މި ޕްރޮމޯޝަންގެ އިތުރުން ރަމަޟާން މަހާއި ދިމާކޮށް އިތުރު ޕްރޮމޯޝަންތަކެއް ފެށުމަށް ހަމަޖެހިފައިވާކަމަށް މީޑިއާނެޓުން ބުންޏެވެ.