ހުޅުމާލޭގެ އަމާން އުދަރެސް ދެވަނަ ޓަވަރުގެ ތިންވަނަ ފަންގިފިލާއިން އިއްޔެ ވެއްޓުނު 16 އަހަރުގެ އަންހެން ކުއްޖާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި އެ ކުއްޖާގެ ހާލު ސްޓޭބަލް ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފި އެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 11:35 ހާއިރު އަމާން އުދަރެސް ދެވަނަ ޓަވަރުގަ އެވެ. އެ ކުއްޖާ ޓަވަރުން ވެއްޓިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެ ވަގުތުގަ އެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ އެ ކުއްޖާ ހޮސްޕިޓަލަށް ގެނައިއިރުވެސް ހާލަތު ރަނގަޅު ކަމަށެވެ. ނަމަވެސް އެ ކުއްޖާއަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ތަފްސީލެއް އަދި ސާފުވެފައެއް ނުވެ އެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.
އެމްޓީޑީސީގެ ހިއްސާއަކަށް މިފަަހަރު ވެސް 60 ލާރި
ރައީސް މުއިއްޒު އިސްތިއުފާދެންދެން ސިލްސިލާ މުޒާހަރާތަކެއް ކުރަނީ
ރާއްޖޭގެ ކަނޑުގެ ތެލާއި މައުދަން ނެގުމަށް ގާނޫނެއް ހަދަނީ
