ބޮލީވުޑްގެ ތަރި އަނަންޔާ ޕާންޑޭގެ ދެބެންގެ ދެދަރި ބޭބެ އަހާން ޕާންޑޭ ވެސް ބޮލީވުޑަށް ނުކުންނަން ތައްޔާރު ވެއްޖެ ކަމަށް ހަބަރުތަކުން ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އަހާން ބޮލީވުޑަށް ނުކުންނާނީ މޯހިތު ސޫރީ ޑައިރެކްޓްކުރާ ޔަޝް ރާޖް ފިލްމްސްގެ ފިލްމަކުންނެވެ. އެ ފިލްމުގެ ކޮންޓްރެކްޓްގައި މިހާރު އަހާން ސޮއި ކޮށްފައިވާ ކަމަށްވެ އެވެ.
އަހާން ސޮއި ކޮށްފައިވަނީ ޒުވާން އުމުރުފުރައިގެ ލޯބީގެ ފިލްމަކަކަށެވެ. އެ ރޯލަށްޓަކައި މޯހިތު ސޫރީގެ ފަރާތުން މިހާރު ވެސް ޓްރެއިނިން ހޯދަމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.
އަހާންއަކީ ޗަންކީ ޕާންޑޭގެ ކޮއްކޮ ޗިއްކީ ޕާންޑޭގެ ދަރި އެކެވެ. އޭނާއަކީ ފިލްމީ އާއިލާއަކަށް ނިސްބަތްވި ނަމަވެސް މިހާތަނަށް އެއްވެސް ފިލްމެއްގައި މަސައްކަތްކުރި ތަރިއެއް ނޫނެވެ.
ޔަޝް ރާޖް ފިލްމްސްއަކީ މީގެ ކުރިން ގިނަ ތަރިންތަކެއް ބޮލީވުޑަށް ނެރެދިން ކުންފުންޏެކެވެ. އޭގެ ތެރޭގައި މިހާރު ފުންނާބު އުސް ތަރިން ކަމަށްވާ އަނުޝްކާ ޝަރްމާއާއި ރަންވީރު ސިންހް ހިމެނެ އެވެ.