ސާރާ އަލީ ޚާންއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދައި ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނިފައިވާ ތަރި އެކެވެ.

ނިސްބަތުން ޒުވާން ތަރިއެއްގެ ގޮތުގައި ދާއިރާގައި މަސައްކަތްކުރާ ސާރާ ވަނީ ދާއިރާއިން ކުރިއަށް ދާން އޭނާއަށް އެންމެ ހިތްވަރުދޭ މީހާގެ ވާހަކަ މީގެ ކުރިން ދައްކާފަ އެވެ.

އެގޮތުން ސާރާ އާއި އޭނާގެ މަންމަ އަމްރިތާ ސިންހްއަކީ ވަރަށް ގާތް ރަހުމަތްތެރިންގެ ގޮތުގައި އޭނާ ސިފަކުރި އެވެ. މަންމަ ނުބުނާ ގޮތަކަށް ސާރާ އެއްވެސް ކަމެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ.

ސާރާ ބުނެފައިވާ ގޮތުގައި އޭނާ ކޮންމެ ކަމެއް ކުރުމުގެ ކުރިން މަންމަގެ ހިޔާލު ހޯދަ އެވެ. އެގޮތުން ފިލްމުތަކުން ފެށިގެން ގޮސް ސްޓައިލިން އަށް ވެސް މަންމަގެ ހިޔާލު ހޯދަ އެވެ.

ސާރާގެ ބޮޑުދައިތައެއް ކަމަށްވާ ސަބާ ހާން ވެސް ވަނީ މީގެ ކުރިން ސާރާ އާއި މަންމަގެ ސިފަތަކާއި އުޅުން އެއްގޮތް ކަމާމެދު ވާހަކަ ދައްކާފަ އެވެ.

ސާރާ އެންމެ ފަހުން ފެނިގެން ގޮސްފައިވަވަނީ މިދިޔަ އަހަރު ނެރުނު "ޒަރާ ހަޓްކޭ ޒަރާ ބަޗްކޭ"އިން ވިކީ ކައުޝަލްއާ އެކުގަ އެވެ.