މާލޭގެ ލަކުނޑި ގުދަނެއް ތެރެއިން ޕައިތަން ހަރުފައެއް ފެނިއްޖެ އެވެ.

މި ހަރުފަ ފެނިފައިވަނީ، ރާއްޖެއަށް ލަކުޑި އެތެރެކޮށް ގުދަންކޮށްފައި ހުންނަ ޓިމްބާ ހައުސްގެ ގުދަނަކުންނެވެ. މާފަންނުގައި ހުރި މި ގުދަނުން ހަރުފަ ފެނުމާ އެކު، ވަގުތުން އެކަން އެންގީ އެމްއެންޑީއެފަށެވެ.

އެމްއެންޑީއެފުން ވަނީ މިއަދު ހެނދުނު 10:00 ޖަހާކަން ހާއިރު އެ ލަކުޑި ގުދަނަށް ގޮސް، ހަރުފަ ހިފައިފަ އެވެ. އަދި އެ ހަރުފަ ނައްތާލުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށްވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ފެނުނު ހަރުފައަކީ، ފުދޭވަރަކަށް ބޮޑު ޕައިތަންއެކެވެ. ޕައިތަން ހަރުފަ އަކީ، ވިހަގަދަ ހަރުފައެއް ނޫނެވެ. ނަމަވެސް، ވަރަށް ބާރަށް ދަތް އަޅާ މި ހަރުފަ 33 ފޫޓާ ހަމައަށް ދިގު ވާނެ އެވެ. ލަކުޑި ގުދަނުން ފެނުނީ ބޮޑު ވާން ޖެހޭ ވަރަށް ބޮޑު ނުވެ އޮތް ކުޑަ ހަރުފައެކެވެ.

ޕައިތަން ހަރުފައަކީ ވަރުގަދަ ހަށިގަނޑަކާއި ޝިކާރާ ކުރުމުގެ ގާބިލުކަމުގެ ސަބަބުން ދުނިޔެއަށް މަޝްހޫރު ހަރުފައެކެވެ. އެ ބާވަތުގެ ހަރުފަ ޝިކާރަކޮށް އުޅެނީ އޭގެ ޝިކާރައިގެ ގައިގައި އޮޅާލާ، ނޭވާހާސްކޮށް މަރާލުމަށްފަހު އެވެ.

މާލެއިން ދޭތެރެ ދޭތެރެއިން، ހަރުފަ ފެނެ އެވެ. މިގޮތަށް ގިނަ އިން ހަރުފަ ފެންނަނީ ބޭރުން މުދާ އެތެރެކުރާއިރު، ކޮންޓެއިނަރުތެރެއަށް ކޮންމެވެސް ގޮތަކުން ވަދެ އޮތުމުގެ ސަބަބުންނެވެ.