މާލޭގެ ބޮޑުތަކުރުފާނު މަގު، ދަރުބާރުގޭ ކައިރީގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި މީހާ ނިޔާވީ 30 ޓަނުގެ ބޮޑު ޓްރެއިލަރު ލޮރީއެއްގެ ދަށުވެގެން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިއަދު މެންދުރުފަހު 3:57 ހާއިރު ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ ހމ. ގޯތި ނަންބަރު 20054، އިބްރާހީމް ނާސިހު (39 އަހަރު) އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގާފައިވަނީ ވެލި ބަރުކޮށްގެން ދަތުރުކުރި އާރްސީސީ ކުންފުނީގެ 30 ޓަނުގެ ޓްރެއިލާ ލޮރީއެއްގެ ދަށުވެގެންނެވެ. ފުލުހުންގެ މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، ނާސިހު ލޮރީގެ ދަށުވީ ލޮރީގައި ޖެހި އެކްސިޑެންޓުވެގެން ކަމަށް ނުބެލެވެއެވެ. ބޮޑަށް ލަފާކުރެވެނީ އޭނާ ދުއްވި ސައިކަލު ކަހާލައިގެން ގޮސް ލޮރީގެ ދަށުވީ ކަމަށެވެ.
ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ހަތަރު މިލިއަނެއްހާ ރުފިޔާ ވަގަށްނެގި މީހުންނަށް ދައުވާކޮށްފި
ދެ އަހަރާއި ބައިގެ ތެރޭގައި 1.7 ބިލިއަން ޑޮލަރު ވިއްކައިފި