ބޮލީވުޑްގެ ދެ ސުޕަސްޓާރުން ކަމަށްވާ ޝާހްރުކް ޚާންއާއި ސަލްމާން ޚާން އެކުގައި ލީޑު ރޯލުން ފެނިގެންދާ ފިލްމު "ޓައިގާ ވާސަސް ޕަތާން"ގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

އިންޑިއާގެ ހަބަރުތައް ބުނީ އެ ދެތަރިން ވެސް ފިލްމަށް ތައްޔާރުވެފައިވާ ކަމަށާއި އަންނަ އޭޕްރީލް މަހު ޝޫޓިންގެ މަސައްކަތް ފެށޭނެ ކަަމަށެެވެ.

މި ފިލްމުގައި ޝާހުއާއި ސަލްމާންއާއެކު ފެނިގެންދާނެ އަންހެން ތަރިން އަދި ހާމަކޮށްފައިނުވާއިރު އެއީ ދީޕިކާ ޕަދުކޯންއާއި ކެޓްރީނާ ކައިފްއަށް ވުމުގެ ފުރުސަތު ބޮޑެވެ.

ޝާހްރުކްއާއި ސަލްމާން އެކަކު އަނެކަކުގެ އެންމެ ފަހުން ނުކުތް ފިލްމުގައި ހާއްސަ ފެނިލުމަކުން ފެނުނުއިރު އެ ފެނިލުމަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

މި ދެތަރިން އެކުގައި ލީޑު ރޯލުން އެންމެ ފަހުން ފެނިގެންދިޔައީ 1995 ވަނަ އަހަރު ނުކުތް "ކަރަން އަރްޖުން"އިންނެވެ. އެހެން ކަމުން "ޓައިގާ ވާސަސް ޕަތާން" ވެގެންދާނީ ގާތްގަނޑަކަށް 20 އަހަރަށްފަހު އެމީހުން އެކުގައި ފެންނަ ފިލްމަށެވެ.