ހަކުރަކީ ހަށިގަނޑަށް އެތެރެކުރާ މިންވަރު ވަކި މިންގަނޑެއްގައި ބަލަހައްޓައިގެން ގެންގުޅެން ޖެހޭ އެއްޗެކެވެ.

ހަކުރަކީ އެކި ކަހަލަ ނުރައްކާތެރި ބަލިތަކަށް މަގުފަހި ކުރުވާ އެއްޗަކަށްވާއިރު ހަކުރުގެ ސަބަބުން މީހާ އަވަހަށް މުސްކުޅިކޮށްދީ، ބަރުދަން އިތުރުވެ އަދި ހަށިގަނޑުގެ ރީތިކަން ގެއްލުވާލާ ކަމަށް މާހިރުން ވިދާޅުވެ އެވެ.

މާހިރުން ވިދާޅުވާ ގޮތުގައި ހަށިގަނޑަށް ހަކުރު އެތެރެވާ މިންވަރު ރަނގަޅަށް ނުބެއްލިޖެނަމަ ހިތުގެ ބަލިތަކަށް މަގުފަހިކުރުވައި މީހާގެ ހަންގަނޑަށް ނޭދެވޭ އަސަރުކޮށް މީހާ އަވަހަށް މުސްކުޅި ކުރުވަ އެވެ.

އެއް މަސް ވަންދެން ހަކުރު މަދުކޮށްފިނަމަ މީހާގެ ބަރުދަން ފަސޭހައިން ލުއިކޮށްދޭއިރު، ލޮލުގެ އަލިކަން އިތުރުކޮށްދީ، މީހާގެ ހަންގަނޑު ސާފުކޮށްދީ މީހާ ރީތި ކޮށްދެ އެވެ.

އެއް މަސްތެރޭގައި ހަކުރު ބޭނުންކުރުން އެއްކޮށް ހުއްޓާލައިފިނަމަ މީހާގެ ހަށިގަނޑުން ދެ ކިލޯއާއި 20 ކިލޯއާއި ދެމެދުގެ ބަރުދަން ލުއިކޮށްލުމަކީ ވަރަށް ފަސޭހަ ކަމެކެވެ.

ހަކުރު އެތެރެކުރުން މަދުކުރުމަކީ ފަސޭހަކަމަކަށް ނުވި ނަމަވެސް މިކަމަކީ އެކަމުން އެތައް ފައިދާއަކާއި މަންފާއެއް ލިބޭނެ ކަމެކެވެ.