މިއަދަކީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. މި މައްސަރަކީ އަހަރުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ މައްސަރެކެވެ. ހާއްސަކޮށް ކެއިން ބުއިމަށެވެ.
ރޯދަ ހިފުމަކީ ޖިސްމާނީ ހަށިގަނޑަށް ގިނަ އަސަރުތަކެއް ކުރުވާ ކަމަކަށް ވާއިރު އެކަމަށް ހަށިގަނޑު ހާނުވަން ވެސް ޖެހެ އެވެ. އެހެން ކަމުން މި ލިޔުމުގައި މި ބަލާލަނީ ރޯދަ މަހަށް ހަށިގަނޑު އަވަހަށް ހޭނުވޭނެ ގޮތްތަކަށެވެ.
ގަޑިން ގަޑިއަށް ކެއުން
އާއްމު މަސްތަކެކޭ އެއްފަދައިން ރަމަޟާން މަހު ވެސް ތިންއިރު ހަމައަށް ކެއުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ ހާރުދަމާއި ރޯދަ ވީއްލުމާއި ތަރާވީސް ދަމެވެ. މި ކެއުންތައް ހަށިގަނޑަށް ގަޑިން ގަޑިއަށް ލިބޭނަމަ ރޯދަ ހިފަން ފަސޭހަ ވާނެ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުން
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އަވަސް އަވަހަށް މީހާގެ ކަރު ހިއްކައި ފެން ބޮވަން މެދުވެރި ކުރުވާ ކަމެކެވެ. އެހެން ކަމުން ރޯދަ ވީއްލައިގެން ވިޔަސް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ޖެހިގެން އަންނަ ދުވަހު ރޯދައަށް ހުންނަ އެހީވެދޭނެ ކަމެކެވެ.
ކެފެއިން މަދުކުރުން
ސިނގިރޭޓެކޭ އެއްފަދައިން ކެފެއިންއަކީ ވެސް އިރުއިރުކޮޅާ ނުބޯނަމަ މީހާ ވަރުބަލިކޮށްލާ އެއްޗެކެވެ. އެހެން ދުވާލު އެއްވެސް އުނދަގުލަކާ ނުލައި ރޯދަ ހިފަން ބޭނުންނަމަ ރޭގަނޑު ކެފެއިން މަދުކުރަން ޖެހެ އެވެ.