އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުންނާ ބައްލަލު ކުރެއްވުމަށް ހާއްސަ އިވެންޓެއް ބާއްވަން ނިންމައިފި އެވެ.
އިންޑިއާ ހައި ކޮމިޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ބައްދަލުވުން އޮންނާނީ އަންނަ ހުކުރު ދުވަހު މެންދުރު ފަހު 2:30 ގައި ހައި ކޮމިޝަންގައި ކަމަށެވެ.
މި ބައްދަލުވުމަކީ ރާއްޖޭގައި އުޅޭ އިންޑިއާ މީހުންނަށް ކުރިމަތިވާ ދަތިތަކާއި އެކަންކަން ހައްލުކުރަން ކުރެވިދާނެ ކަންކަމުގެ ހިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
އެގޮތުން އިންޑިއާގެ މަސައްކަތްތެރިން އާއްމު މަސްލަހަތާއި ޕާސްޕޯޓާއި ވިސާ ފަދަ މުހިންމު ހިދުމަތްތައް މިހާރަށްވުރެ ރަނގަޅު ކުރުމަށް މަޝްވަރާ ކުރާނެ ކަމަށް ބުނެފައިވެ އެވެ.
އީރާނުން އިޒްރޭލާއި ސައުދީގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް
އައްޑޫ އެކްސިޑެންޓް: ހާލު ސީރިއަސްވި މީހާ އޮތީ ވެންޓިލޭޓަރުގައި
ރޯނިތުއަށް ހޮލީވުޑްގެ ފުރުސަތު ގެއްލުނީ ކަރަންގެ ސަބަބުން؟