ޒަމާނުއްސުރެން ދިވެހިންނަކީ ޓީވީއިން ދައްކާ ތަފާތު އެކިއެކި ޕްރޮގްރާމުތަކާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ބައެކެވެ.
"ކަސައުޓީ" އާއި "ކިއުކީ ސާސް ބީ ކަބީ ބަހޫތީ" ފަދަ ދިވެހިން ފަރިތަ ޑްރާމާތަކާއި ދުނިޔޭގެ ބޮޑެތި ކުޅިވަރު މުބާރާތްތަކާއި ފިލްމާއި މިއުޒިކީ ޕްރޮގްރާމްތައް މީގެ ތެރޭގައި ހިމެނެ އެވެ. މި ޕްރޮގްރާމްތައް ދިވެހިންނާއި ހަމައަށް ގެނެސްދިނުމުގައި އެންމެ ގާތް އެކުވެރިޔަކީ މީޑިއާނެޓެވެ.
މީޑިއާނެޓުން އެފަރާތުން ދެމުންގެންދާ ޚިދުމަތުގައި ހިމެނޭ ކޮންޓެންޓް އިތުރަށް މުއްސަނދި ކުރުމަށް ކުރަމުންދާ މަސައްކަތުގައި އަނެއްކާ ވެސް މިވަނީ އިތުރު ކުރިއެރުމެއް ލިބިފަ އެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ރިއަލިޓީ ޝޯވްތަކާއި އެންމެ ފަހުގެ ޝޯވްތައް ގެނެސްދޭ "ހިޓްސް ނައު" ޗެނަލް މިވަނީ މީޑިއާނެޓްގެ ޗެނަލް ލައިނަޕަށް އިތުރުވެފަ އެވެ.
"ހިޓްސް ނައު" މި ނަމުން ވެސް ބުނެދޭ ފަދައިން މި ޗެނަލަކީ މި ވަގުތު އެންމެ ހިޓު ޝޯވްތައް ޓީވީ އަދި މޯބައިލް ސްކީންތަކާއި ހިސާބަށް ގެނެސްދޭ ޗެނަލެކެވެ.
"ހިޓްސް ނައު ޗެނަލް" ގެ އެންމެ ފުރިހަމަ އެއް ކަމެއް ގޮތުގައި ފާހަގަކޮށްލެވެނީ ޕްރޮގްރާމް އެމެރިކާގައި އެއާ ކުރާތާ 24 ގަޑިއިރާ 48 ގަޑިއިރާއި ދެމެދު ދިވެހިންނަށް ވެސް މިހާރު ބަލާލެވޭތީ އެވެ. ލައިވް ޝޯވް ބަލާލުމަށް އެއް ހަފްތާ މަޑުކުރާކަށް ދެން ނުޖެހޭނެ އެވެ. އަދި ސޯޝަލް މީޑިއާއިން އެޕިސޯޑުތަކުގައި ވާ ގޮތް ސްޕޮއިލްވުން ވެސް ޔަގީނުން މަދުވެގެންދާނެ އެވެ. މި ޗެނަލް ޚާއްސަ ކޮށްލެވޭ އަނެއްކަމަކީ ދުނިޔޭގެ އެންމެ ބޮޑު މުނިފޫހިފިލުވުމުގެ ލައިވް އިވެންޓްތައް ކަމަށްވާ "އެމީ އެވޯޑްސް" ފަދަ ހަފުލާތައް ވެސް މި ޗެނަލް މެދުވެރިކޮށް ލައިވްކޮށް ޓީވީ އަދި މޯބައިލް ސްކްރީންތަކުން މި ޗެނަލުން ބަލާލެވުމެވެ.
"ހިޓްސް ނައު" ޗެނަލް މެދުވެރިކޮށް ދިވެހިން ފަރިތަ ރިއަލިޓީ ޝޯވްތައް ކަމަށްވާ "އެމެރިކަން އައިޑަލް"، "ބްރިޓިއަންސް ގޮޓް ޓެލަންޓް" އަދި "ސަވައިވާ" ފަދަ ޝޯވްތައް ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ފާހަގަކޮށްލެވޭ ބައެއް ޕްރޮގްރާމްތަކުގެ ތެރޭގައި "ހޫ ވޯންޓްސް ޓު ބީ އަ މިލިއަނާ"، "ޓޮޕް ޝެފް" އަދި "ސެލެބްރިޓީ ފެމިލީ ފިއުޑް" ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ކްލިޕްތައް ފެނި ދިވެހިން ފަރިތަ ގިނަ ކޮންޓެންޓެއް މި ޗެނަލުގައި ހިމެނެ އެވެ. ރިއަލިޓީ ޝޯވްތަކުގެ އިތުރުން "ޗިކާގޯ ޕީޑީ" އާއި "ގޯލްޑްބާގްސް" ފަދަ ޑްރާމާ ސީރީޒްތައް ވެސް މި ޗެނަލް މެދުވެރިކޮށް ދިވެހިންނަށް ބަލާލެވޭނެ އެވެ.
މީޑިއާނެޓަކީ މުނިފޫހި ފިލުވުމުގެ ދުނިޔެ ދިވެހިންނާއި ހަމައަށް ގެނެސްދިނުމުގައި ފާއިތުވި 18 އަހަރު އެންމެ ގާތް އެކުވެރިއެއް ގޮތުގައި މަސައްކަތްކުރަމުން އަންނަ ފަރާތެވެ. ދިވެހި، ހިންދީ، އިނގިރޭސި އަދި އެހެނިހެން ބަސްތަކުގެ ޝޯވްތަކުގެ އިތުރުން ކުޅިވަރުގެ ތަފާތު އެކި ރަހަތަކުގެ ކޮންޓެންޓް ގެނެސްދޭ ޗެނަލްތައް މީޑިއާނެޓުންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޓީވީ އަދި މޯބައިލް ސްރީންތަކާއި ހިސާބަށް ގެނެސްދެމުންނެވެ. "ހިޓްސް ނައު" ޗެނަލާއެކު މީޑިއާނެޓުގެ ޚިދުމަތުން ދޫކުރާ ކޮންޓެންޓް އިތުރަށް މުއްސަނދިވެގެންދާނެ އެވެ.