އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ގާތްގަނޑަކަށް 15 މެންބަރުން 20 ވަނަ މަޖިލީހަށް ޕީއެންސީގެ ޓިކެޓުގައި އިންތިޚާބުވެވަޑައިގެންފި އެވެ.
މިފަހަރު އިންތިޚާބުވެވަޑައިގެންނެވި އެ މެންބަރުންގެ ތެރޭން 14 މެންބަރަކު 18 ވަނަ މަޖިލިސް ތަމްސީލް ކުރައްވާފައި ވަނީ ޕީޕީއެމްގެ ނަމުގަ އެވެ.
މި ފަހަރު އިންތިޚާބުވެވަޑައިގެންނެވި ކުރީގެ މެންބަރުން
-
ދިއްދޫ ދާއިރާ: އަބްދުލް ލަތީފް މުހައްމަދު (ފުނަމާ ލަތީފް)
-
ބާރަށު ދާއިރާ: އިބްރާހިމް ޝުޖާއު
-
އިނގުރައިދޫ ދާއިރާ: އިބްރާހިމް ފަލާހު
- މިލަންދޫ ދާއިރާ: ހަސަން މުފީދު
- ދުވާފަރު ދާއިރާ: މުހައްމަދު އަލީ
- ހުރާ ދާއިރާ: އަނާރާ ނައީމް
- މާފަންނު މެދު ދާއިރާ: އަސްމާ ރަޝީދު (އަސްމާއްތަ)
- މާފަންނު ދެކުނު ދާއިރާ: އަބްދުﷲ ރިފާއު (ބޮޗޭ)
- ވިލިނގިލި ދާއިރާ: މުހައްމަދު އިސްމާއިލް
- ދިއްގަރު ދާއިރާ: މުހައްމަދު ނާޒިމް
- ފޮނަދޫ ދާއިރާ: އަބްދުއްރަހީމް އަބްދުﷲ
- ތިނަދޫ އުތުރު ދާއިރާ: ސައުދުﷲ ހިލްމީ
- ފުވައްމުލަކު މެދު ދާއިރާ: އަލީ ފަޒާދު
- ފޭދޫ ދެކުނު ދާއިރާ: އިބްރާހިމް ދީދީ (އައިބީ)
- ހުޅުދޫ ދާއިރާ: މުހައްމަދު ޝާހިދު (ޝާޑް)
މީގެ ކުރިން 18 ވަނަ މަޖިލީހުގައި މުހައްމަދު އިސްމާއިލް ތަމްސީލް ކުރެއްވީ ހޯރަފުށި ދާއިރާ އެވެ. އަނާރާ ތަމްސީލް ކުރެއްވީ މަކުނުދޫ ދާއިރާ އެވެ. އެ ދާއިރާ އޭނާ އޭރު ތަމްސީލް ކުރެއްވީ އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގަ އެވެ. މި ފަހަރު ހުރާ ދާއިރާގެ ޕީއެންސީގެ ޕްރައިމަރީން ބަލިވުމުން އަނާރާ އެ ދާއިރާ އަށް ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އަދި ޕްރައިމަރީން ހޮވުނު އަބްދުﷲ ވާރިސް ހުއްޓާ ޕީއެންސީގެ ސަރުކާރުން ތާއީދުކޮށްފައި ވަނީ އަނާރާ އަށެވެ. ދެން ތިއްބެވި ބޭފުޅުން އިންތިޚާބުވެވަޑައިގެންނެވީ އެ ބޭފުޅުންގެ ކުރީގެ ވެސް ދާއިރާތަކަށެވެ.