ކޮންމެ ބައްޔެއްގެ ވެސް ކުރީކޮޅު ބަލި ހުރިކަން ދެނެގަނެވުމަކީ އެ ބައްޔަށް ފަރުވާ ހޯދަން އެތައް ގުނައެއް ފަސޭހަކޮށްދީ ރަނގަޅުވުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ. އެހެން ކަމުން ހަށިގަނޑުން ފެންނަ ކުދި ކުދި ބަދަލުތަކަށް ފަރުވާތެރިވުން ވަރަށް މުހިއްމެވެ.

ދުނިޔޭގައި އެ ބައްޔެއްގެ ސަބަބުން އެންމެ ގިނަ މީހުން މަރުވާ އެއް ބައްޔަކީ ކެންސަރަށް ވާއިރު ކެންސަރުގެ ކުރީކޮޅު ދެނެގަންނަން މަސައްކަތް ކުރަން ޖެހެ އެވެ.

ކެންސަރުގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ވެންކަޓް ޕީ ވިދާޅުވީ ހަމުގެ ކެންސަރާއި އުރަމަތީގެ ކެންސަރު ޖެހުމުން ބަލީގެ ކުރީކޮޅު ބައެއް ނިޝާންތައް ފެންނާނެ ކަމަށެވެ.

އެގޮތުން އުރަމަތީގައި ގަނޑުލުމާއި ހަންގަނޑު ހުދުވުން އަދި އަވަހަށް ފާރު ހެދުމަކީ ވެސް ކެންސަރުގެ އެންމެ ކުރީގެ ނިޝާންތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމައެއާއެކު އޭނާ ވިދާޅުވީ ކެއިންބުއިމަށް ބަދަލު އައުމާއި ސަބަބެއް ނެތި އާދަޔާ ހިލާފަށް ބަރުދަން ލުއިވުމަކީ ވެސް ސަމާލުވާން ޖެހޭ ކަންކަން ކަމަށެވެ.

މިކަންކަމަށް ސަމާލުވެ ކެންސަރުގެ ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ އެ ބަލީގައި ހާލު ބޮޑުވެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ޑރ. ވެންކަޓް ވިދާޅުވި އެވެ.