ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި މިއަހަރު ޑައިލަސިސްގެ ހިދުމަތް ފެށުމަށް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ މައި ހޮސްޕިޓަލަށް އޮތް ޑިމާންޑް ކުޑަކުރުމަށް ކަމަށެވެ. އެގޮތުން އަތޮޅު އަދި ރީޖަނަލް ހިސްޕިޓަލް ފެންވަރު ރަނގަޅުކޮށް އާ ހިދުމަތްތައް ފެށުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހަލީލް ވިދާޅުވި އެވެ.
ރީޖަނަލް ހޮސްޕިޓަލްތަކުގައި މީގެ ކުރިން ނުލިބޭ އެމްއާރުއައި، ސީޓީ ސްކޭން އަދި ޑައިލިސިސް ހިދުމަތް ހުރިހާ އަތޮޅަކަށް ފުޅާ ކުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެން މި ބަލަނީ މި އަހަރުގެ ތެރޭގައި ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށިގެން ދާނެ ކަމަށް. ހަމައެއާއެކު، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި ތިނަދޫގައި ހުރި ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، މި ތަންތަނުގައި ހިދުމަތް ރަނގަޅުކުރުމަށްޓަކައި ހާއްސަ ޕްލޭނެއްގެ ދަށުން މަސައްކަތްތައް ކުރިއަށް އެބަ ގެންދަން." ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލުގެ ޖަވާބުގައި ހަލީލް ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ މި ހިދުމަތްތައް ފެށިގެން ދިއުމުން ބޭސްފަރުވާއަށް ރަށްރަށުން މާލެ އަންނަންޖެހޭ މީހުންގެ އަދަދު މަދު ކުރެވޭނެ ކަމަށެވެ.
ރާއްޖޭގައި ޑައިލަސިސްގެ ހިދުމަތް މިހާރު ލިބޭ ތަންތަނުގެ ތެރޭގައި އައިޖީއެމްއެޗާއި ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލްގެ އިތުރުން ފުވައްމުލަކު އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ބ. އޭދަފުށި އަދި ޅ. ނައިފަރުގެ އަތޮޅު ހޮސްޕިޓަލްތައް ހިމެނެ އެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލަކީ ޑައިލިސިސް ޙިދުމަތް ފެށުނުފަހުން މެނދު ނުކެނޑި ހިދުމަތްދޭ ހޮސްޕިޓަލެއް އަަދި ރީޖަނަލް ހޮސްޕިޓަލް ތައް އަޕްގްރޭޑް ކުރެވޭއިރު ގަމުރީޖަނަލް ހޮސްޕިޓަލްވެސް އަޕްގްރޭޑްކުރެވެން ޖެހޭނެ އަޅާދޭންބުނި ޓާޟިއަރީ ހޮސްޕިޓަލް އަވަސްކޮށްދިނުމަށް މިނިސްޓަރ އަރިހުން އެދެން