މާލޭގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު ޒަހަމްވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ދަރުބާރުގެ ޓްރެފިކް ލައިޓް ކައިރިން ދެ ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 6:45 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި ޒަހަމްވީ މީހާއަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އެމީހާ އަށް ލިބުނީ ކޮން ކަހަލަ އަނިޔާތަކެއް ކަން ސާފެއް ނޫނެވެ.
މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ރައީސްގެ ދެކަނބަލުން އުކުޅަހަށް ވަޑައިގެންފި
ތުރުކީގެ ކުންފުންޏަކުން ރާއްޖޭގައި 300 މިލިއަން ޑޮލަރުގެ ރިސޯޓެއް
ޒުވާނުންގެ މެދުގައި ކެންސަރު އިތުރު ވަމުން އަންނަ ސަބަބު!