މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ ދިވެހި އުފެއްދުންތައް ވިއްކުމަށް މާލޭގައި ހުޅުވި "ސުނީ ސްޕެޝަލް" ފިހާރަ ފަޅާލައިގެން ވައްކަންކޮށްފި އެވެ.
ސުނީތާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ބަޔަކު އޭނަގެ ފިހާރަ ފަޅާލީ އުފަން ދުވަސް ފާހަގަކުރި ރޭ ކަމަށެވެ.
"މިއީ ރަނގަޅު ބާތުޑޭ ގިފްޓެއް" ސުނީތާގެ ޕޯސްޓްގައި ލިޔެފައިވެ އެވެ.
ސުނީތާ ބުނީ ފިހާރަ ފަޅާލި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ސުނީތާގެ ފިހާރަ ފަޅާލައި އެފިހާރާގައި ހުރި ފައިސާ އާއި ކާށިތެޔޮ ފުޅިތަކެއް ވަނީ ވަގަން ނާގާފަ އެވެ.
ސުނީތާ "ސުނީ ސްޕެޝަލް"ގެ ނަމުގައި އޯޑަރަށް ލޮނުމިރުހާއި ކާށިތެޔޮ ވިއްކަން ފެށީ 2020 ވަނަ އަހަރުގެ ލޮކްޑައުންގެ ތެރޭގަ އެވެ. އެއަށް ފަހު ލުއިކާނާ ވެސް ވިއްކާ ގޮތަށް، އޭނާ ފިހާރަ ހުޅުވީ މިދިޔަ އަހަރުގެ ކުރީކޮޅެވެ.
ރާއްޖެއިން ގޮވާލައިފި ނަމަ، ޑރ. ނަސްރީނާ އިޖާބަދޭން ތައްޔާރު!
ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސް، ސަމާލުވުމަށް އެދިއްޖެ
