އެކި ބާވަތުގެ ލަވަތަކަށް ނެށުމަށް ދިވެހިންގެ ތެރޭގައި މަޝްހޫރު ސުނީތާ އަލީގެ 46 ވަނަ އުފަން ދުވަސް އިއްޔެ ފާހަގަ ކުރަމުން ދިޔަ އިރު އޭނާ އަށް އާދަޔާޚިލާފު އުފަން ދުވަހުގެ ހަދިޔާއެއް ލިބިއްޖެ އެވެ.
ސޯޝަލް މީޑިއާގައި ސުނީތާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ރަނގަޅު ބާތުޑޭ ގިފްޓެއް ލިބިއްޖެ ކަމަށެވެ. އެއީ އޭނާގެ އަމިއްލަ އުފެއްދުންތައް ވިއްކުމަށް ޚާއްސަ ފިހާރަ ފަޅާލުމެވެ.
ސުނީ ސްޕެޝަލްގެ ނަމުގައި ހިންގާ ފިހާރަ އަންގާރަ ދުވަހު ނުހުޅުވަ އެވެ. އެއީ ސުނީތާގެ އުފަން ދުވަހެވެ. ފިހާރަ ފަޅާލިކަން އެނގުނީ އެރޭ ފިހާރަ ހުޅުވުމުންނެވެ. ފިހާރައިން ބައެއް ސާމާނު ވަގަށް ގެންދިއުމުގެ އިތުރުން ވަތްގަނޑު ހަލާކުކޮށްލައިގެން ފައިސާ ވެސް ވަނީ ވަގަށް ނަގައިފަ އެވެ. ވަކި ލާރިކޮޅު ހުރީ ފިހާރަ ތެރެއަށް އުކާލައިފަ އެވެ. ފިހާރަ އިން ވައްކަން ކޮށްގެން ގެންދިޔައީ ކިހާ ފައިސާއެއް ކަމެއް ނޭނގެ އެވެ.
ފިހާރަ ފަޅާލި މައްސަލަ ސުނީތާ ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ. އަދި ފުލުހުންގެ ފޮރެންސިކް ޓީމުގެ އޮފިސަރުން އެ ފިހާރަ ތެރޭގައި ހަރަކާތްތެރިވާ މަންޒަރުގެ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.
ސުނީތާ އަކީ ހިންދީ ސުޕަ ސްޓާ ޕްރިޔަންކާގެ ވަރަށް ވަރުގަދަ ސަޕޯޓަރެކެވެ.
ދިއްދޫ މީހަކު މާލެއިން ގެއްލިގެން ހޯދަނީ
މައްކާ ސަރަހައްދުން މިސައިލެއް ވައްޓާލާފައިވާ ކަމަށް ބުނެފި
