އިޓާލިއަން ސީރިއާގައި ރޭ އޭސީ މިލާން އަތުން 3-0 އިން މޮޅުވެ، ތާވަލްގެ އެއްވަނައި އޮތް އިންޓަ މިލާން ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ވާދަވެރި ދެ ކްލަބުގެ ކުރިމަތިލުމުން އިންޓާ ކުރި ހޯދީ އާޖެންޓީނާގެ ފޯވަޑް ލައުޓާރޯ މާޓިނޭޒްގެ ދެ ލަނޑާއި، ރޮމެއޫ ލުކާކޫ ޖެހި ލަނޑުންނެވެ.

މިއީ ތާވަލްގެ އެއްވަނަ އަދި ދެވަނައިގެ ގޮތުގައި، މި ދެ ޓީމު 2011 ވަނަ އަހަރުގެ ފަހުން ކުރިމަތިލި ފުރަތަމަ މެޗެވެ.

މި މެޗުން މޮޅުވެ، ތާވަލްގެ އެއްވަނައިގައި އޮތް އިންޓާ ވަނީ 53 ޕޮއިންޓް އަށް ޖެހިލައިފި އެވެ. ދެވަނައިގައި އޭސީ މިލާން އޮތީ 49 ޕޮއިންޓާއެކު އެވެ. ތިން ވަނައިގައި 44 ޕޮއިންޓާއެކު އޮތީ ރޯމާ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް 42 ޕޮއިންޓާއެކު އޮތީ ތާވަލްގެ ހަ ވަނައިގަ އެވެ. ޔުވެންޓަސްގެ މައްޗަށް އިންޓަ އިން 11 ޕޮއިންޓްގެ ލީޑެއް ހޯދައިފައި އޮތް ނަމަވެސް، އިންޓަ ވަނީ ޔުވެންޓަސް އަށްވުރެ އިތުރަށް ދެ މެޗު ކުޅެފަ އެވެ. – ބީބީސީ