ފަންކްޝަނަލް އެމްއާރްއައިއެއްގެ އެހީގައި ހަނދާން ނެތުމުގެ ބަލި ޖެހުމުގެ 9 އަހަރު ކުރިން އެކަން ދެނެގަނެވޭނެ ޓެސްޓެއް ލަންޑަންގެ ކުއީން މޭރީ ޔުނިވާސިޓީއިން އިޖާދުކޮށްފި އެވެ.
މި ޓެސްޓުގެ އެކިއުރެސީ ލެވެލްއަކީ 80 ޕަސެންޓް ކަމަށް މި ޓެސްޓް އުފެއްދި ޓީމުން ބުނެ އެވެ. މި މެޝިނުގެ އެހީގައި ސިކުނޑީގެ ޑީފޯލްޓް މޯޑް ނެޓްވޯކަށް އަންނަ ބަދަލުތައް ދެނެގަނެވެެ އެވެ. އަދި ސިކުނޑީގައި މި ނެޓްވޯކްގެ މައްސަލަ ހުންނަ މީހުންނަށް ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ބޮޑުކަން ވަނީ މި ޓެސްޓުތަކުން ވަނީ ފާހަގަކޮށްފަ އެެވެ.
މި ޓީމުން 1000 އަށް ވުރެ ގިނަ މީހުންގެ ފަންކްޝަނަލް އެމްއާރްއައީ ވަނީ ދިރާސާކޮށްފަ އެވެ. އަދި އޭގެ ތެރެއިން ޓެސްޓުތަކުގެ ނަތީޖާއިން ޑީފޯލްޓްް މޯޑް ނެޓްވޯކަށް ބަދަލު އައިސްފައި ހުރި 81 މީހުންނަކީ 9 އަހަރު ފަހުން ޑިމެންޝިއާ ޖެހުނު މީހުންކަން ޓީމުން ވަނީ ފާހަގަކޮށްފަ އެވެ.
ޓީމުން ބުނި ގޮތުގައި މި ޓެސްޓުގެ އެންމެ މުހިއްމުކަމަކީ ބަލި ޖެހުމުގެ ކުރިން ރައްކާތެރި ފިޔަވަޅުތަައް އެޅުމަށް ފުރުސަތު ލިބުން ކަމަށެވެ.
އުމުރުން ދުވަސްވާ ވަރަކަށް ޑިމެންޝިއާ ޖެހުމުގެ ފުރުސަތުބޮޑެވެ.
ސަމާލުވޭ! އެނާޖީ ބުއިންތަކުން ކުޑަކުދިންގެ ސިއްހަތަށް ނުރައްކާ!
ގާނޫނީ ވަކީލަކު އައްޔަނުކުރަން ސައުދުއަށް 10 ދުވަސް ދީފި
8 ގަޑިއިރުގެ ނިދި ފުދޭތަ؟ ނިދުމާ ބެހޭގޮތުން ކުރެވޭ ކުށްހީތަކެއް!