ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ލަނޑާއެކު، އިޓާލިއަން ސީރިއާގައި ރޭ ކްރޮޓޯނޭ އަތުން 3-0 އިން ޔުވެންޓަސް މޮޅުވެއްޖެ އެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ދެވަނަ ހާފުގައި ޔުވެންޓަސްގެ ތިން ވަނަ ލަނޑު ޖެހީ ވެސްޓަން މިކެނީ އެވެ.

މި މެޗުގައި ޖެހި ލަނޑުތަކާއެކު ރޮނާލްޑޯ ވަނީ އިޓާލިއަން ސީރިއާގައި ޖުމްލަ 70 ލަނޑު ހަމަކޮށްފަ އެވެ. އަދި މި ސީޒަންގައި މިހާތަނަށް 18 ލަނޑު ޖަހައި، އޭނާ އޮތީ ލަނޑު ޗާޓުގެ އެއްވަނައިގަ އެވެ.

މި މެޗުން މޮލުވެ، ޔުވެންޓަސް ވަނީ ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ޔުވެންޓަސްގެ މައްޗަށް ތާވަލްގެ އެއްވަނައިގައި އޮތް އިންޓަ 8 ޕޮއިންޓްގެ ލީޑެއް ހޯދައިފައި އޮތް ނަމަވެސް، އިންޓަ ވަނީ އިތުރަށް އެއް މެޗު ކުޅެފަ އެވެ. ދެވަނައިގައި އޮތީ އޭސީ މިލާނެވެ. – ބީބީސީ