މޫޑު ގޯސްވެ ރުޅިގަދަވުމަކީ ކޮންމެ މީހަކަަށްވެސް ކުރިމަތިވެދާނެ ކަމެެކެވެ. ދިރިއުޅުމުގެ އެކިކަންކަމާ ކުރިމަތިލާއިރު ހިތްހަމަނުޖެހޭ ކަންކަން ވެސް ދިމާވާނެ އެވެ. އަދި މި ކަަމުގެ ސަބަބުން ރުޅިގަދަވުމަކީ އިންސާނީ ތަބީއަތެވެ. ނަމަވެސް މި ކަމުގައި މުހިއްމުކަމަކީ އެ ގޯސް މޫޑް ނުވަތަ ރުޅި މުޅި މީހާ ކޮންޓްރޯލް ކުރުމުން ދުރުހެލިވުމެވެ. މި ކަމަކީ ކުރެވޭނެ ކަމެކެވެ. އެކަަމަކު މި ކަން ކުރުމަށް ތިމާ މީހާގެ ވެސް އެކަށީގެންވާ ހިތްވަރު ހުންނަން ވާނެ އެވެ. މި ކިޔާ ދެނީ މޫޑް ގޯސްވެ ރުޅިގަދަ ވާނަމަ ކުރެވިދާނެ 5 ކަމެކެވެ.

1. ރުޅިގަދަވުމަށް މެދުވެރިވި ސަބަބު ދެނެގަނެ އެކަން ގަބޫލުކުރުން

މިއީ އެންމެ ފުރަތަމަ ކުރަންވީ ކަމެވެ. ރުޅިގަދަވި ސަބަބު ދެނެގަތުމުން އެކަމުން އަރައިގަންނަން ފަސޭހަވާނެ އެވެ. އަދި މިކަން ކުރުމުން ރުޅިގަދަވާ ވަކިވަކި ސަބަބުތައް ދެނެގަނެވި، އެކަމުން ދުރުހެލިވެ ނުވަތަ ހައްލުކުރެވޭނެ ގޮތްތައް ހޯދަން ފަސޭހަވާނެ އެވެ.

2. ކަސްރަތުކުރުން

މޫޑު ގޯސްވެ ރުޅިގަދަވާ ދުވަހެއްނަމަ ކަސްރަތުކޮށްލާށެވެ. ކަސްރަތުކުރުމުން ހަށިގަނޑުން އުފައްދާ ހޯމޯންތަކަކީ މީހާގެ މޫޑް ރަނގަޅުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

3. އެއްޗެއް ކެއުން

ގިނަ ފަހަރަށް މޫޑު ގޯސްވަނީ ބަނޑުހައިވެ ރުޅިގަދަވެގެންނެވެ. އަވަހަށް އެއްޗެއް ކާލުމުން މޫޑު ރަނގަޅުވުން އެކަށީގެންވެ އެވެ.

4. ރައްޓެއްސަކާ ވާހަކަދައްކާލުން

ކަންކަމާ ހިތްހަމަނުޖެހުމުން ރައްޓެއްސަކާއި އެކަން ހިއްސާކޮށްލާށެވެ. އެކަންކަމުން އަރައިގަތުމަށް ފަސޭހަވާނެ އެވެ.

5. ތަޖުރިބާކާރެއްގެ އެހީތެރިކަން ހޯދުން

އަބަދުމެ މޫޑް ގޯސްވެ ރުޅިގަދަވާ ކަމަށްވާނަަމަ، މި ކަމުގައި އެންމެ ރަނގަޅު ގޮތަކީ ނަފްސާނީ ތަޖުރިބާކާރަކާ މިކަން ހިއްސާކޮށް އެހީ ހޯދުމެވެ. ނަފްސާނީ ދުޅަހެޔޮކަމަކީ މުހިއްމު ކަމެއްކަން ދަނެ، މީހާގެ އިހްސާސްތައް މެނޭޖްކުރަން ދަސްކުރުމަކީ އަމިއްލަ ޒިންމާއެކެވެ.