މާބަނޑުވުމަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް އަންހެނާގެ ހަށިގަނޑަށް ބޮޑު ބަަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. ހާއްސަކޮށް އެ ދުވަސްވަރު ނަފްސާނީ ގޮތުން މީހާއަށް އަންނަ ބަދަލުތަކަށް ސަމާލުވާން ޖެހެ އެވެ.
ބަލިވެ އިނުމަކީ ކޮންމެ އަންހެނަކަށްވެސް ހާއްސަ ތަޖުރިބާއަކަށްވާއިރު އެއީ ދިރިއުޅުމަށް ވެސް ބަދަލުތަކެއް ގެނުވާނެ ކަމެކެވެ. ނަތީޖާއަކަށްވަނީ ނޭދެވޭ ނަފްސާނީ އަސަރުތައް ކުރުމެވެ.
އެހެން ކަމުން މިފަދަ ކަންކަން ފާހަަގަކޮށް ތިމާއަށާއި ތިމާގެ ދަރިފުޅަށް އެންމެ ރަނގަޅު ގޮތް ޚިޔާރު ކުރުމަށް ސަމާލުކަން ދޭންވާނެ އެވެ.
އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޕްރަސާދް ކުލާތު ވިދާޅުވެފައިވަނީ މާބަނޑު ދުވަސްވަރު ޑިޕްރެޝަންއާއި އެންޒައިޓީ ފަދަ ނަފްސާނީ މައްސަލަތައް ބޮޑުވުމަކީ ގާތްކަމެއް ކަމަށެވެ.
ވުމާއެކު އެކަނި އިނދެ ކުރާ ގޯސް ހިޔާލުތަކުން ދުރުވެ އަމިއްލަ މީހާގެ ކުރިއެރުމަށާއި ކާމިޔާބީއަށް ވިސްނުމަށް ޑރ. ޕްރަސާދް ލަފާދެއްވަ އެވެ.
މިކަމުގައި ފިރިމީހާގެ ދައުރަކީ މުހިއްމު ދައުރެއްކަން ފާހަގަކުރަމުން އޭނާ ވިދާޅުވީ މާބަނޑު ދުވަސްވަރު އެއްބާރުލުންދޭ ފިރިއަކު ހުރުމަކީ އަންހެނުންގެ ތަޖުރިބާ ލުއިފަސޭހަކޮށްދޭނެ ކަމެއް ކަމަށެވެ.
"ސެންޓަ އެންޓަޕްރައިސަސްއިން އޮޅުވާލައިގެން ފައިސާ ހޯދަން އުޅުނު"
24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ ފުވައްމުލަކަށް: މެޓް
އުފާތައް ގުރުބާން ނުކޮށް ވެސް ފައިސާ ރައްކާ ކުރެވިދާނެ!