ގައިން ގަޔަށް އަރާ، ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކަލް ރާއްޖެއިން ފެނިއްޖެ އެވެ.
މިބަލި ފެނިފައިވަނީ ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާ އަށް ގޮސްފައި އައި ދިވެއްސެއްގެ ގައިންނެވެ.
މިބަލި ރާއްޖެއިން ފެނިފައިވާކަން ރަސްމީކޮށް ސަރުކާރުން ހާމަކޮށްފައިނުވި ނަމަވެސް ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވަނީ މިބަލި ރާއްޖއިން ފެނިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
އަދި ބަލި ރާއްޖެއިން ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
މެނިންގޮކޯކަލް ޑިޒީޒް އަކީ މެނިންގޮކޯކަލް ނަމަކަށް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ.
މި ބަލި ޖެހުމުން އެންމެ ބޮޑުވަރުވާ މީހުންގެ ތެރޭގައި ކުޑަކުދިންނަށާއި ޒުވާނުންގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ތަހަންމަލު ކުރާ މީހުން ހިމެނެ އެވެ.
އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާވާ މެނިންގޮކޯކަލް ބައްޔަކީ ވެކްސިން ޖަހައިގެން ކުރިއާލައި ރައްކާތެރިވެވޭ ބައްޔެކެވެ.
ހައްޖުގެ އަޅުކަމަށްފަހު ރާއްޖެ އައުމަށްފަހު ސިއްހީ ކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އޮފީސް ވަޒީފާތަކުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވާކަން އެނގޭތަ؟
ެިވިކީ 12 ކިލޯ ބަރުވުމަށްފަހު 15 ކިލޯ ހިއްކާލައިފި
ހެނދުނުގެ ނާސްތާ ދޫކޮށްލާނަމަ "ގޯލްބްލެޑާ"އަށް އަސަރުކުރޭ!