ނުކުރާ ކުށަކަށް 43 އަހަރު ޖަލުގައި ހޭދަ ކުރުމަށް ފަހު އެމެރިކާގެ އަންހަނަކު މިނިވަންވެއްޖެ އެވެ. އިސްތިއުނާފީ ހުކުމަކާއެކު މިނިވަންވެފައި ވަނީ އުމުރުން 64 އަހަރުގެ ސެންޑްރާ ހެމީ އަކީ އެމެރިކާގެ މިސޫރީ ސްޓޭޓްގެ މީހެކެވެ.

ނޮވެމްބަރު 1980 ގައި އުމުރުން 20 އަހަރުގައި ސެންޑްރާ ޖަލަށް ލާފައިވަނީ ލަބްރަރީ މަސައްކަތްތެރިއެއް ކަމަށްވާ ޖެސިކާ ޖެސްކޭ ނަމަކަށް ކިޔާ އަންހެނެއްގެ ގަޔަށް ވަޅި ހަރާ މަރާލިކަމުގެ ކުށުގަ އެވެ. ސެންޑްރާއަށް އޭރު ދީފައި ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.

ސެންޑްރާ ލައްވާ ކުށަށް އެއްބަސް ކުރުވާފައި ވަނީ ސައިކިއޭޓްރިކް ހޮސްޕިޓަލެއްގައި ބޭސްތަކެއް ދީގެން މަސްތުގެ ހާލަތުގައި އޭނާ ބާއްވާއިގެންނެވެ.

ސެންޑްރާގެ މައްސަލައިގެ ހުކުމުގައި ގާޒީ ބުނެފައިވާ ގޮތުގައި ސަންޑްރާ އާ ގުޅޭ އެއްވެސް ފޮރެންސިކް ހެއްކެއް ނެތް ކަމަށާއި އަދި މަރާލާފައިވާ އަންހެން މީހާއާ ސެންޑްރާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ސެންޑްރާ އާ ދެކޮޅަށް އެއްވެސް ހެކިވެރިޔެއް ވެސް ނެތް ކަމަށެވެ.

ބޮޑަށް ބެލެވޭ ގޮތުގައި ސެންޑްރާ ފްރޭމްކޮށްފައި ވަނީ ފުލުހުންގެ އޭރުގެ އަމިއްލަ އޮފިސަރެކެވެ. ސެންޑްރާ އަކީ އެމެރިކާގެ ތާރީހުގައި ވެސް ނުކުރާ ކުށަކަށް އެންމެ ދިގު ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ އަންހެން މީހާ އެވެ. ސެންޑްރާގެ މައްސަލަ އަލުން ބަލައި އޭނާ މިނިވަންކޮށްދިނުމަށް މަސައްކަތްކޮށްފައިވަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ މިރަކަލް އޮފް އިނޮސެންސްއިންނެވެ.