ރައްޔިތުން ނިކަމެތި ހާލުގައި "ގަރުދިޔަ އާއި ބަތް ކާން ޖެހޭ" ހިސާބަށް ގެންދިޔައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އެގޮތަށް ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަކި ކުރުމަށް ނިންމައި އެ މައްސަލަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލު ކަމަށް ގެނައުމަށް މާލިއްޔަތު ކޮމިޓީން ފާސް ކުރި ރިޕޯޓަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މަޖިލިހުގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
ޣަފޫރު ވިދާޅުވީ އިގްތިސާދަށް އަންނަ ބަދަލުތަކަކީ ކުރީގެ ސަރުކާރުތަކުން ޒިންމާވާން ޖެހޭނެ ބަދަލުތަކެއް ނޫން ކަމަށާއި އިގްތިސާދު ފޫ ނުބެއްދިގެން މިއުޅެނީ ހަރަދު ބޮޑުވެގެން ދިޔައީމަ ކަމަށެވެ.
ގާސިމް ވިދާޅުވީ ދައުލަތް މިހާލަތަށް ދިޔައީ އެމްޑީޕިގެ ދެ ސަރުކާރާއި ޕީޕީއެމްގެ ސަރުކާރުން ބަޖެޓު ޑެފިސިޓް ކުރުމުންނާއި ނެގި ލޯންތަކާއި ކުންފުނިތައް ދެގުނަ ބޮޑުކޮށް ކުރަމުން ދިޔަ މަސައްކަތުން ކަމަށެވެ. އަދި ޣަފޫރު ހައްދަވަނީ ދޮގު ކަމަށް ވިދާޅުވެ، ގާސިމް ވަނީ ބަހުގެ ހަމަލާތަކެއް ދެއްވައިފައެވެ. ގާސިމް ވިދާޅުވި ގޮތުގައި ގައުމު މި ހާލަތަށް ވައްޓާލީ ކުރީގެ ސަރުކާރުންނެވެ.
"މިއަދު ދިވެހި ރައްޔިތުން އިނދަ ޖައްސާލައި، މާދަމާ ނިކަމެތި ހާލަތުގައި ގަރުދިޔަ އާއި ބަތާ ކާން ޖެހޭ ހިސާބަށް މި ފޮނުވާލީ މިދިޔަ ސަރުކާރުން މައިގަނޑު ގޮތެއްގައި. 130 ބިލިއަން ރުފިޔާ އިން ދަރުވާލައި، ކުންފުނިތައް ދަރުވާލީ އިންތިހާ ދަރަޖައަށް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމްޓީސީސީ އާއި އެސްޓީއޯ ފަދަ ކުންފުނިތަކަށް ބަލައިފި ނަމަ، ސަލާމަތް ނުވާ ވަރަށް ދަރުވާލާފައިވާ ކަމަށެވެ.
"ކޮންމެ ޕްރޮޖެކްޓެއް ތިން ގުނައިގައި ހިންގާފައި ހުރީ. އެހެންވީމަ މި ހިސާބަށް ދިޔައީ،" ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވި އެވެ.
"މާދަމާ ކިތަންމެ ހިތި ބޭހެއް" ބޯން ޖެހުނު ކަމުގައި ވިޔަސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ކުރީ ސަރުކާރު ގޯސް ހެދި އިރު މަނިކުފާން ކޮބައިތޯ؟ އޭރު ލިބުނު މަންފާގެ ވާހަކަ ވެސް ދައްކަވާ.............
ސަރުކާރުގެ މަތިބަރުވާވަރަކައް ރައިއްޔަތުން ނިކަމެތިވާނެ ނިކަމެތިންގެ ޖީބުތައް ހުސްވާވަރަކައް ވެރިންގެ ޖީބުތައްފުރޭނެ (ހަރުބަހެއް)
ނޫންއެއީ ޤާސިމުގެސަބަބުން ޤާސިމުގެނުބައިރޭވުމުގެސަބަބުން ކޮއްމެސަރުކާރެއްގެކޮލިދަށައްވަދެގަދަކޮށް ޤާސިމުބޭނުންހުރިހައިކަމެއްކުރެއެވެ އޭރަކުއެއްވެސްސަރުކާރެއްޤާސިމަކަށްނުބައެއްނުވެއެވެމިހާރުއެހެންހުރިހައިސަރުކާރުނުބައިކޮށް މުޢިއްޒުވެރިކަމުގެކޮލިދަށައްވަދެވުނީއެވެ ގަދަކޮށްލަންވަޔަށްއެހެންހުރިހައިމީހުންގެނުބައިވާހަކަދައްކައިމުޢިއްޒަށްވައިއަޅުވަނީއެވެ ކިތައްމެވަރަކަށްދޭތެރެޖެއްސިޔަސް މުޢިއްޒުބޮލުތެރެއަކަށްނުވަދެވޭނެއެވެ ފަޅެއް ފަޅުރަށެއްލިބޭތޯބަލާތި!