އިންސާނާގެ އުމުރުން މައްޗަށް ދާ ވަރަކަށް އެކި ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެ އެވެ. އެގޮތުން އުމުރުން 30 އަށްވުރެ ދޮށި ވުމުން ގަވާއިދުން ވަކި ޓެސްޓުތަކެއް ހެދުމަކީ ދުޅަހެޔޮ ސިއްހަތަކަށް ވަރަށް މުހިއްމު ކަމެކެވެ.

ބްލަޑް ޕްރެޝަރާއި ކޮލެސްޓްރޯލް

ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލް މަތިވުމަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން، މިޓެސްޓުތައް ހެދުމުން ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވާ ސަބަބު ދެނަގަނެ ފަރުވާ ހޯދަން ފަސޭހަވެގެންދެ އެވެ.

ތައިރޮއިޑް ފަންކްޝަން

ތައިރޮއިޑް ބައްޔަކީ ފަލަވުމާއި ހަނދާން ނެތޭ ބައްޔާއި، ރާއްޖެ ބަލި އަދި ބޮލުން އިސްތަށި ފޭބުންފަދަ ކަންކަން މެދުވެރިކުރުވާ ބައްޔެކެވެ. އެހެންކަމުން ތައިރޮއިޑް ޓެސްޓުތަކުން ތައިރޮއިޑް ލެވަލްތައް ހުރި މިންވަރު ދެނެގަނެވޭނެ އެވެ.

ހިތާއި ބެހޭ ޓެސްޓުތައް

ހިތުގެ ބަލިތައް ހުރިތޯ ބެލުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު ކަމެކެވެ. އަދި ގަވާއިދުން މި ޓެސްޓުތައް ހެދުމުން ހިތުގެ މައްސަލައެއް ހުރިނަމަ ބަލީގެ ކުރީކޮޅުގައި ދެނެގަނެ ފަރުވާ އަވަސް ކުރެވޭނެ އެވެ.

ޖިންސީ ގޮތުން ގައިންގަޔަށް އަރާ ބަލިތަކާއި ބެހޭ ޓެސްޓުތައް:

ޤަވައިދުން މިފަދަ ޓެސްޓުތައް ހެދުމުން، ފަރުވާ ނުކޮށްފިނަމަ މުސްތަގުބަލުގައި ގެއްލުން ލިބިދާނެފަދަ ބަލިތަކުން ދިފާއުވުމަށް ފުރުސަތު ލިބިގެންދެ އެވެ.

ކެންސަރު

އާއިލާގައި ކެންސަރު ބަލީގެ މީހުން ތިބި ނަމަ، އަދި ކެންސަރު ބަލި ޖެހުމަށް މަގުފަހިކުރުވާ އެހެނިހެން ކަންކަން ފާހަގަ ކުރެވޭނަމަ، ގަވާއިދުން ކެންސަރު ސްކްރީނިން ހެދުމަކީ މުހިންމު ކަމެކެވެ.