މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ އުސޫލުތައް ދައުލަތުގެ ކުންފުނިތަކުގެ މައްޗަށް ނުހިނގާނެ ކަމަށް ބުނެ އެމްޓީސީސީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް އެ ކުންފުންޏަށް މިއަދު ނާކާމިޔާބުވެއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި، ސަރުކާރުގެ ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލުތައް ހިނގާނެ ކަމަކަށް ބުނެފައި ނެތް ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު އެކުލަވާލެއްވި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލު ހިނގާނެ ކަމަށް ބުނެފައިވެ އެވެ.
އެމްޓީސީސީން ދައުވާކުރީ ގަވާއިދުގެ އެ މާއްދާއަކީ ގާނޫނާ ހިލާފު މާއްދާއެއް ކަމަށް ބުނެ، އެ މާއްދާ ބާތިލް ކުރުމަށެވެ. އެ މައްސަލާގައި ހައި ކޯޓުން ނިންމާފައި އޮތީ ގަވާއިދުގެ އެ ބައި ގާނޫނާ ހިލާފު ނޫން ކަމަށެވެ.
އެ ކުންފުނިން ބުނެފައިވަނީ ގާނޫނުގައި އެގޮތަށް ނެތީސް ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލުތައް ނުހިންގޭނެ ކަމަށެވެ.
އެ މައްސަލަ އެމްޓީސީސީން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ދައުލަތުން އެހީ ލިބިގެންވާ ފަރާތްތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލުތައް ހިނގާނެ ކަމަށް ގާނޫނުގައި ބުނެފައިވާތީ އެކަން ތަފުސީލުކޮށް ދިނުމަށް ގަވާއިދުގައި އެފަދަ މާއްދާއެއް ހިމެނުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރަށް އޮންނާނެ ކަމަށެވެ. އެހެންވެ، ގަވާއިދުގައި އެގޮތަށް ހިމެނުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ނުބެލެވޭ ކަމަށް ހުކުމުގައި ވެ އެވެ.
ނަމަވެސް ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލު ހިނގާނެތޯ ބެލުމުގައި ސަރުކާރުގެ ކޮންޓްރޯލް އެ ކުންފުންޏެއްގެ މައްޗަށް އޮންނަ މިންވަރެއްގެ މައްޗަށް ރިއާޔަތް ކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.
 މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
			މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
		 ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
			ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
		 ބޮޑު ކޮރަޕްޝަނެއް ފަޅާއަރައި ފުލުހުންގެ ބަޔަކު ސަސްޕެންޑްކޮށްފި
			ބޮޑު ކޮރަޕްޝަނެއް ފަޅާއަރައި ފުލުހުންގެ ބަޔަކު ސަސްޕެންޑްކޮށްފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					