ބޮލީވުޑްގެ ފުންނާބު އުސް ތަރި އަކްޝޭ ކުމާރަށް މި ދުވަސްވަރު ހަމްދަރްދީގެ މެސެޖުތައް ވަރަށް ގިނައިން ލިބެމުން އަންނަ ކަމަށް އޭނާ މީޑިއާގައި ބުނުމާއެކު ގިނަ ބައެއްގެ ހިތުގައި ސުވާލު ވަނީ އުފެދިފަ އެވެ.

އެގޮތުން ޒާތީ ދިރިއުޅުމުގައި ކަމެއް ދިމާވީތޯ އެއް ބަޔަކު ސުވާލު ކުރަމުން އަންނައިރު އަނެއްބަޔަކު ބުނަމުން އަންނަނީ ގާތް މީހަކު މިދުނިޔއެއާ ވަކިވީ ކަމަށެވެ. އެހެން ނަމަވެސް އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި އަކްޝޭއަށް މި ދުވަސްވަރު ހަމްދަރްދީގެ މެސެޖުތައް ލިބުން ގިނަވެފައި މިވަނީ މުޅިން އެހެން ސަބަބަކާ ހެދި އެވެ.

އެއީ މިފަހުން އަކްޝޭ ފެނިގެންދިޔަ ބޮލީވުޑުގެ ފިލްމުތައް ފުލުފުލުން ފްލޮޕްވެ އޭނާއަށް މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުން ކަމަށް ހަބަރުތައް ބުނެ އެވެ.

އެގޮތުން މިއަހަރު އެކަނި ވެސް އަކްޝޭ ތން ފިލްމަކުން ފެނިފައިވާއިރު އެ ތިން ފިލްމަށް ވެސް ލިބިފައިވަނީ ފިނި ތަރުހީބެކެވެ. އެއީ "ބަޑޭ މިޔާން ޗޯޓޭ މިޔާން 2"، "ސަރްފިރާ" އަދި "ސިންގަމް އަގެއިން" އެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަކްޝޭ ބުނީ އޭނާއަށް ގިނަ ބައެއްގެ ފަރާތުން ހަމްދަރްދީގެ މެސެޖުތައް ލިބެމުން އަންނަ ކަމަށާއި އެހެން ނަމަވެސް އޭނާއަކީ ފިލްމެއް ނާކާމިޔާބު ވުމުން ފަހަތަށް ޖެހޭނެ މީހެއް ނޫން ކަމަށެވެ.

ބޮލީވުޑްގެ އެހެން ތަރިންނާ ކިާފަށް އަކްޝޭ ފާހަގަ ކުރެވިފައިވަނީ ފިލްމުތައް ނާކާމިޔާބުވި ނަމަވެސް އަހަރު މަދުވެގެން ދެތިން ފިލްމަކުން ފެންނަ ތަރިއެއްގެ ގޮތުގަ އެވެ.