މޯލްޑިވިއަނުން ބަންގްލަދޭޝްގެ ޑާކާއަށް ކުރަމުން އައި ދަތުރުތައް އަލުން ފަށާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.
މޯލްޑިވިއަނުން ބަންގްލަދޭޝަށް ކުރަމުންއައި ދަތުރުތައް މެދުކަނޑާލީ އެ ގައުމުގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ހާލަތު ގޯސްވުމުން މިމަހުގެ ހަވަނަ ދުވަހުން ފެށިގެންނެވެ.
މޯލްޑިވިއަނުން ބުނީ ބަންގްލަދޭޝްއަށް ކުރަމުންއައި ދަތުރުތައް މިހާރު އަލުން ފަށައިގެން ކުރިއަށްދާ ކަމަށެވެ. ނަމަވެސް ފްލައިޓްގެ އަދަދު ވަނީ މަދުކޮށްފައި ކަމަށް އެ އެއާލައިނުން ބުނެ އެވެ.
ކުރިން ހަފްތާއަކު 2 ދަތުރު މޯލްޑިވިއަނުން ބަންގްލަދޭޝަށް ކުރަމުންދިޔަ ނަމަވެސް މިހާރު ކުރަނީ ހަފްތާއަކު އެންމެ ދަތުރެއް ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.
ބަންގްލަދޭޝަކީ މޯލްޑިވިއަނުން ދަތުރުކުރަމުންދާ ބައިނަލްއަގުވާމީ މަދު މަންޒިލްތަކުގެ ތެރެއިން އެއް މަންޒިލެވެ.
މޯލްޑިވިއަނުން ބައިނަލްއަގުވާމީ ދަތުރުތައް މިހާރު ކުރަނީ ބަންގްލަދޭޝްގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމާއި، ކޮޗިން އަދި ބެންގަލޫރަށެވެ.
މޯލްޑިވިއަނަށް ވައިޑް ބޮޑީ އެއާކްރާފްޓް ހޯދައި އިތުރު މަންޒިލްތަކަށް އެ އެއަރލައިންގެ ދަތުރުތައް ބޭއްވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ދަރިވަރުންގެ މުޒާހަރާއަށް ބޮލީވުޑް ތަރިންގެ ތާއީދު!
ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ ޓައުންޝިޕް މަޝްރޫއެއް
މުލޫ ނެޝަނަލް ޕާކް: ބޯނިއޯގެ ޖަންގަލިތަކާއި ހޮހޮޅަތަކުގެ ސިއްރު!