ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަމަށް މިދިޔަ އޮގަސްޓް މަހު ހަމަޖެއްސި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމުގެ މަސްލަހަތު އޮންނަ ކުންފުނިތަކަކަށް ފެނަކައިން 38 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވާކަން ހާމަވެއްޖެ އެވެ.

މީގެ ތެރޭގައި ޝިމާދުގެ ހިއްސާ އޮންނަ ކުންފުންޏެއް ވެސް ހިމެނެ އެވެ.

ޝިމާދު އާއި އިތުރު މީހެއްގެ ހިއްސާއޮންނަ ކުންފުނި

"ހުރިހާ" އަށް ލިބިފައިވާ ބައެއް ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ޝިމާދުގެ ހިއްސާ އޮންނަ ކުންފުންޏަށް ފެނަކައިން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތެއް ކޮށްފައިވެ އެެވެ.

ޝިމާދު އާއި އިތުރު މީހެއްގެ ހިއްސާއޮންނަ ކުންފުންޏަށް ފެނަކައިން އެވޯޑްކޮށްފައިވާ މަސައްކަތާ ގުޅޭ ޕާޗެސް އޯޑާ

މީގެ އިތުރުން ސަރުކާރުން އަލަށް އުފެއްދި ޑިވަލޮޕްމަންޓް ބޭންކްގެ ބޯޑް މެންބަރު އަހުމަދު އަލީ އާއި ޝިމާދަކީ ވިޔަފާރީގެ ބައިވެރިންނެވެ.

ޝިމާދުއާ އަހުމަދު އަލީގެ ހިއްސާއޮންނަ ކުންފުނި

އަހުމަދު އަލީގެ ހިއްސާ އޮންނަ އިތުރު ކުންފުނިތަކަކަށް ވެސް ފެނަކައިން ވަނީ ޕްރޮޖެކްޓްތަކެއް އެވޯޑްކޮށްފަ އެވެ. އަހުމަދު އަލީގެ ހިއްސާ އޮންނަ ކުންފުނިތަކަށް ފެނަކައިން މިލިއަނުން ފައިސާ ނުދީ އެބަހުރި ކަމަށް ވެސް މައުލޫމާތު އެނގޭ މީހަކު "ހުރިހާ" އަށް ބުންޏެވެ.

އަހުމަދު އަލީގެ ހިއްސާ އޮންނަ ކުންފުންޏާއެކު ފެނަކައިން ކޮށްފައިވާ މުއާމަލާތް

ޝިމާދުގެ މަސްލަހަތު އޮންނަ ކުންފުނިތަކަކަށް ގިނަ އަދަދެއްގެ ފައިސާ ދޭންޖެހިފައިވާއިރު، އޭނާ ފެނަކަގެ ޗެއާމަނަކަށް ހަމަޖެއްސުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެސްޓީއޯގެ ބޯޑް މެންބަރުކަމާއި އޯޑިޓް ކޮމިޓީ މެންބަރުކަން ކުރެއްވި ސިމާދު އަކީ މި ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ވެސް މެ އެވެ. ފެނަކަ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް އަންނަ ޖެނުއަރީ 1 އިން ފެށިގެން ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.