ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ކާރަކުން ޖެހި މަރުވި ހަސަން ސަމާހުގެ މަރުގެ ދައުވާ، ކާރު ދުއްވަން އިން މުހައްމަދު ވިސާމު ސިދުގީގެ މައްޗަށް ކުރަން ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ވަނީ މި މަހު 19 ދުވަހު ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ.
މި އެކްސިޑެންޓް ހިނގައިފައިވަނީ ސެޕްޓެމްބަރު ފަސްވަން ދުވަހުގެ ރޭ ދަންވަރު ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ނުރައްކާތެރިކޮށް ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއްގަައި ސަމާހް ދުއްވަމުން ދިޔަ ސައިކަލްގެ ޖެހިގެންނެވެ.
ސަމާހް މަރުވެފައި ވަނީ އެކްސިޑެންޓާ ގުޅިގެން ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަތާ އިރުކޮޅެއް ފަހުންނެވެ.
ސަމާހުގެ މަރުވިއިރު އޭނާގެ އުމުރަކީ 23 އަހަރެވެ. އޭނާ އަކީ ލ .އިސްދޫއަށް އުފަން ކަރެކްޝަންސް އޮފިސަރެކެވެ.
ތުޅާދު އާއި ވިލުފުށީގެ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލައިފި
ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވުން އަންނަ މަހު 5 ގައި
ޖޫލިއާއާއި އެރިކް ދުރުވީ ކީއްވެ؟